ގަލޮޅު ދަނޑުގައި ޔޯގާގެ ހަރަކާތް ކުރިއަށް ދަނިކޮށް އެތަނަށް ވަދެގަނެ ހިންގި ހަމަނުޖެހުމާ ގުޅިގެން އިތުރު ތިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނެފައިވަނީ، އެ މައްސަލާގައި ރޭ 2 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށާއި އަދި އިތުރު މީހަކު މިއަދު ވެސް ހައްޔަރު ކޮށްފައިވާ ކަމަށެވެ. ނަމަވެސް ފަހުން ހައްޔަރުކުރި އެ 3 މީހުންގެ ވަނަވަރު ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.
ފަހުން ހައްޔަރުކުރި 3 މީހުންނާއެކު މި މައްސަލާގައި ހައްޔަރު ކުރި މީހުންގެ ޖުމުލަ އަދަދު މިވަނީ 15 އަށް އަރާފައެވެ. ޔޯގާ ހަރަކާތަށް ހުރަސްއަޅާ ހަމަނުޖެހުން ހިންގި މައްސަލާގައި ދެ ޝެއިޚަކުވެސް ވަނީ ހައްޔަރު ކޮށްފައެވެ. އަދި އިދިކޮޅު ޕީޕީއެމްގައި އިސްކޮށް ހަރަކާތްތެރިވާ، ކުރީގެ މަޖިލިސް މެންބަރު މުޙައްމަދު އިސްމާޢީލްވެސް ވަނީ އެ މައްސަލާގައި ހައްޔަރުކޮށް މުއްދަތު ޖަހާފައެވެ.
މި މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތް ކުރިއަށް ދަނިކޮށް ގިނަ އަދަދެއްގެ ބަޔަކު ވަނީ އެތަނަށް ވަދެ، އެތަނުގައި ތިބި މީހުން ފައްސާލާފައެވެ. އަދި ތަނުގައި ހުރި ބައެއް ތަކެއްޗަށް ވެސް ވަނީ ގެއްލުންދީ ހަމަނުޖެހުން އުފައްދާފައެވެ. މިކަން ސަރުކާރުން މިހާރު ދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު