ރާއްޖޭގެ މުޖުތަމައުގެ އަހުލާގިއްޔާތު މުގުރަމުންދާ މުޖުރިމުންގެ މައްޗަށް ފުރިހަމައަށް ގާނޫނު ހިންގެވުމަށް ކުރީގެ އިސްލާމިކް މިނިސްޓަރ އަދި ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު، ފުލުހުންނަށް ގޮވާލައްވައިފިއެވެ.
ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރުކަމަށް ބެލެވޭ މީހަކު އެއްޖިންސުން ގުޅުހުން ހިންގާ ވީޑިއޯއެއް މިއަދު އާންމުވުމާއި ގުޅިގެން އެ މައްސަލަ ތަހުގީގުކޮށް އޭނާގެ މައްޗަށް ހަރުކަށި އަދަބު ދިނުމަށް ގިނަ ބަޔަކު ގޮވާލަމުން ދަނިކޮށް، ޑރ. ޝަހީމް މިއަދު ވަނީ، އެއްޖިންސުން ގުޅުންހިންގައި، އިސްލާމީ މި ގައުމުގެ އަހުލާގިއްޔާތު މުގުރަމުންދާ ފަރާތްތަކުގެ މައްޗަށް ގާނޫނު ހިންގުމަށް ފުލުހުންނަށް ގޮވާލައްވާފައެވެ.
އަދި އެފަދަ އަމަލުތައް ހިންގާ ފަރާތްތަކަށް އަދަބު ދިނުމުގައި މޫނަކަށް ކަނދުރާއަކަށް ބެލުމެއްނެތި ފިޔަވަޅު އެޅުމަށްވެސް އޭނާ ވަނީ ގޮވާލައްވާފައެވެ.
"އެއްޖިންސުން ގުޅުން ހިންގައި، މި އިސްލާމީ ދައުލަތުގެ އިޖުތިމާއީ އަހުލާގިއްޔާތު މުގުރަމުންދާ މުޖުރިމުންގެ މައްޗަށް، މޫނަށް ކަނދުރާއަށް ބެލުމެއްނެތި ގާނޫނު ހިންގަވާ. މަޖިލިސް މެންބަރެއް، ވަޒީރެއް، ވަޒީރެއްގެ ދަރިއެއް ބައްލަވާނެކަމެއް ނެތް. ގައުމު ސަލާމަތް ކުރައްވާ." ޑރ. ޝަހީމް މިއަދު ވިދާޅުވެފައިވެއެވެ.
ޝަހީމް މިފަދައިން ގޮވާލައްވާފައިވާއިރު، މިއަދު ލީކުވި ވީޑިއޯގައި ފެންނަކަމަށް ތުހުމަތު ކުރެވޭ ނާޒިމް، ގެންދަނީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް މިސްމީޑިއާގައި ދޮގު ކުރަމުންނެވެ. ނަމަވެސް، އާންމުވެފައިވާ ވީޑިއޯގައިވަނީ އޭނާކަން ވަރަށް ސާފުކޮށް ފެންނަކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އަދި ރާއްޖޭގައި އެފަދަ އަމަލުތައް ހިންގާ ފަރާތްތައް އިންތިހާއަށް ގިނަވަމުން ދާކަމުގެ ކަންބޮޑުވުން ގިނަބަޔަކު ދަނީ ފާޅު ކުރަމުންނެވެ.

Eh jinsun gulhun hingai mi islami dhaulathuge ijthimaaee Akhlaaqiyaathu Muguramundhaa Mujurimun ge mahchah moonah kadhuraa eh belumeh nethi Qaanoonu hingavaasheve. Majlis membereh. Vazeereh. Vazeereh ge dhariyeh ballavaane kameh ney. Qaumu salaamai kuravvaasheve @PoliceMv
— Mohamed Shaheem Ali Saeed (@Mohamedshaheem1) June 24, 2022
ޝަހީމް މިފަދައިން ގޮވާލައްވާފައިވާއިރު، މިއަދު ލީކުވި ވީޑިއޯގައި ފެންނަކަމަށް ތުހުމަތު ކުރެވޭ ނާޒިމް، ގެންދަނީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް މިސްމީޑިއާގައި ދޮގު ކުރަމުންނެވެ. ނަމަވެސް، އާންމުވެފައިވާ ވީޑިއޯގައިވަނީ އޭނާކަން ވަރަށް ސާފުކޮށް ފެންނަކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އަދި ރާއްޖޭގައި އެފަދަ އަމަލުތައް ހިންގާ ފަރާތްތައް އިންތިހާއަށް ގިނަވަމުން ދާކަމުގެ ކަންބޮޑުވުން ގިނަބަޔަކު ދަނީ ފާޅު ކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު