ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަދި ގާނޫނީ ވަކީލް ނާޒިމް އަބްދުއްސައްތާރު ފުލުހުންގެ އިދާރާ އަށް ހާޒިރުކުރީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަ އަކާއި ގުޅިގެން ކަމަށް ފުލުހުން ބުނެފިއެވެ.

ނާޒިމް އަބްދުއްސައްތާރު ކަމަށް ބެެލެވޭ މީހަކު ބިދޭސީ ފިރިހެނަކާއި އެެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް ޝޯޝަލް މީޑިޔާގައި ވަނީ ލީކްކޮށްލާފައެވެ. ފުލުހުން އެ މައްސަލައިގެ ތަހުގީގް ފަށާފައިވާއިރު ނާޒިމް މިއަދު ހަވީރު ފުލުހުންގެ އިދާރާއަށް ވަނީ ހާޒިރުކޮށްފައެވެ. ފުލުހުންގެ އިދާރާއިން ބުނީ ނާޒިމް ފުލުހަށް ހާޒިރުކުރީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަ އަކާއި ގުޅިގެން ކަމަށެވެ.

ވީޑިއޯ އިން ފެންނަ ފަދަ އަމަލެއް ކުރައްވާފައި ނުވާނެ ކަމަށް ނާޒިމް މިއަދު ވަނީ ވިދާޅުވެފަ އެވެ. ފުލުހުންގެ އިދާރާ އިން މީގެ ކުރިން ބުނެފައިވަނީ ގިނަ އަދަދެއްގެ މީހުން ހިމެނޭ ގޮތަށް ބްލެކްމެއިލް ކުރުމުގެ މައްސަލައެއް އެ ހިދުމަތަށް ހުށަހެޅުމާ ގުޅިގެން އެ މައްސަލައިގެ ތަހުގީގު ފުލުހުން ވަނީ މީގެ ކުރިން ފަށާފައި ކަމަށެވެ. އަދި ސޯޝަލް މީޑިއާގައި މިއަދު އާންމުވި ވީޑިއޯއާ ގުޅިގެން އެވީޑިއޯގައި ހިމެނޭ މީހުންނާއި ގުޅޭ މައްސަލަވެސް މިއަދު ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މި މައްސަލައިގެ ތަހުގީގުގެ ތެރެއިން އިތުރަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު


2

ސްޓަރ

25-Jun-2022

ތިމައްސަލަވެސްދާނީ ހަމަކުނިވަށިގަނޑަށް ސާބިތެއްނުވާނެ.ލާދީނީ ރިޕޯޓްނެރުނުމީހުންގެތަޙްޤީއާއި ވެންޓިލޭޓަރގެ ތަޙްޤީޤަށްވީގޮތަށްތިކަންވެސްނިމޭނީ.ރޭޕްޤީޤތަޙްޤީޤުވެސްމިހާރުވީކަފުންކޮއްފަވަޅުލައިފަނޫންތޯ.