ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ބަނގުރަލާއި ހުއްދަނޫން ބައެއްތަކެތި އަތުލައިގެންފިއެވެ.
ކަސްޓަމުން މިއަދުބުނީ، މިމަހުގެ 22 ވަނަ ދުވަހު ބެންކޮކުން ފުރައިގެން ގއ. ކޫއްޑޫއަށް އައި ބޯޓުގައި ގާނޫނާއި ގަވާއިދާއި ހިލާފް އެއްޗެއް ހުރިކަމަށް ކަސްޓަމްސްގެ އިންޓަލިޖެންސަށް ލިބުނު މައުލޫމާތާއި ގުޅިގެން ފުލުހުންނާއި، އެމްއެންޑީއެފް އާއި ކަސްޓަމްސް ގުޅިގެން ބޯޓު ބަލާ ފާސްކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ ބަނގުރަލާއި އެހެނިހެން މަނާތަކެތި ފެނިފައިވާކަމަށެވެ.
އަދި އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށްޓަކައި ބޯޓުން ފެނިފައިވާ ބަނގުރާތައް ފުލުހުންނާ ހަވާލު ކޮށްފައިވާނެކަމަށް ވެސް ކަސްޓަމްސްއިން ބުނެފައިވެއެވެ.
މިމައްސަލައާއި ގުޅިގެން ފުލުހުން ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. އަދި ކަސްޓަމްސްއިން ވެސް، އެއީ ކޮން ނަމެއް ކިޔާ ބޯޓެއްކަންވެސް އަދި ހާމަ ކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު