ބޭރު ޤައުމުތަކާއެކު ރާއްޖެއިން ބާއްވާ ގުޅުން ހަރުދަނާކޮށް ވަރުގަދަކުރުމަކީ މި ސަރުކާރުން ނުހަނު ބޮޑު އިސްކަމެއްދޭ ކަމެއްކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިޙު މިއަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ސުބްރަމާނިއަމް ޖަޔަޝަންކަރު ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައި ދެއްކެވި ވާހަކަފުޅުގައެވެ. ރުވާންޑާގެ ކިގާލީ މެރިއޮޓް ހޮޓެލްގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިޙު ވަނީ ރާއްޖެއާއި އިންޑިއާގެ ދޭދޭ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅުދައްކަވާފައެވެ.
މިގޮތުން ދެ ޤައުމަށް ވެސް ފައިދާވާ ގޮތަށް ދެ ޤައުމުން ވެސް ޝައުޤުވެރިވާ ކަންކަމުގައި އިތުރަށް ގުޅުން ބަދަހިކުރެއްވުމާ ގުޅޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.
މިބައްދަލުވުމުގައި ރައީސް ސާލިޙު ވިދާޅުވީ ރާއްޖެއާއި އިންޑިއާއާ ދެޤައުމުގެ ގުޅުން ބިނާވެފައިވަނީ ތާރީޚާއި ސަޤާފަތާއި ދެޤައުމުގެ ވެސް ޤަބޫލުކުރުންތަކުގެ މައްޗަށްކަމަށެވެ. އަދި، އެމަނިކުފާނު ވަނީ ބޭރު ޤައުމުތަކާއެކު ރާއްޖެއިން ބާއްވާ ގުޅުން ހަރުދަނާކޮށް ވަރުގަދަކުރުމަކީ މި ސަރުކާރުން ނުހަނު ބޮޑު އިސްކަމެއްދޭ ކަމެއްކަމުގައި ހާމަކުރައްވާފައެވެ.
ރައީސްގެ މި ދަތުރުފުޅުގައި އަލަށް އައްޔަންކުރެވުނު ކޮމަންވެލްތު ޤައުމުތަކުގެ ވެރިންގެ ޝަރަފުގައި އިނގިރޭސިވިލާތުގެ ވަލީއަޙުދު ހިޒް ރޯޔަލް ހައިނަސް ޕްރިންސް އޮފް ވޭލްސް ޗަރލްސް ފިލިޕް އަރތަރ ޖޯޖް ދެއްވި މެންދުރުގެ ފަރިއްކޮޅެއްގައި އެމަނިކުފާނު މިއަދު ވަނީ ބައިވެރިވެވަޑައިގެންފައެެވެ.

ކިޔުންތެރިންގެ ހިޔާލު