މަގުމަތިން ހޮވި 35 ރުފިޔާއާއި ވަގަށް ނަގާފައިވާކަމަށް ބެލެވޭ ރޮންދާއެއްގެ ވެރިފަރާތް ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. މިގޮތުން އަނެއްކާވެސް ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗާއި، މާލޭގެ އެކި ސަރަހައްދުތަކުން ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެތީގެ ލިސްޓެއް ފުލުހުން ވަނީ އާއްމުކޮށްފައެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެއްޗަށް ބަލާލާއިރު، ޖޫން 13 ވަނަ ދުވަހު ބޮޑުރަސްގެފާނުމަގު ކަށިމާހިނގުން ގުޅޭ ހިސާބުން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާކަމަށް ބެލެވޭ ރެޑްމީ ބްރޭންޑުގެ ނޫކުލައިގެ ފޯނަކާއި ޖޫން 14 ވަނަ ދުވަހު ބޮޑުތަކުރުފާނު މަގު، ޕޮލިސް ޓޯޔާޑް ކައިރި ބަސް ސްޓޮޕް ކައިރިން ފެނިފައިވާ ކެމެރާ ސްޓޭންޑެއް ހިމެނެއެވެ.



މީގެއިތުރުން ޖޫން 17 ވަނަ ދުވަހު ހ. މޫނިމާ ހިނގުމުން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާކަމަށް ބެލެވޭ އަތު ރޮންދާއަކާއި ހަމައެދުވަހު ފާށަނާކިލެގެފާނު މަގުން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ކަރަންޓު ބުރުމާއެއް ހިމެނެއެވެ.



މިތަކެތީގެ އިތުރުން ޖޫން 19 ވަނަ ދުވަހު ސިއްތިމާވާހިނގުން ގ. ޕޫލްޑްރީމް ކައިރިން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ 35 ރުފިޔާއާއި، ޖޫން 20 ވަނަ ދުވަހު ލޮނުޒިޔާރަތްމަގު ލިންޗްޕިން ކައިރިން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ 500 ރުފިޔާއާއި، ޖޫން 20 ވަނަ ދުވަހު ސަލްމާން މިސްކިތް ކައިރިން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ 655 ރުފިޔާގެ ވެރިފަރާތް ހޯދަންވެސް ވަނީ އިއުލާންކޮށްފައެވެ.



މިތަކެތީގެ އިތުރުންވެސް ފުލުހުންގެ ބެލުމުގައި ހުރި ބައެއް ތަކެތީގެ މައުލޫމާތު ވަނީ ފުލުހުންގެ ވެބްސައިޓްގައި ޝާއިޢުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން