ސްޓެލްކޯއިން ފެނުގެ ޚިދުމަތް ފޯރުކޮށްދޭ ކ.ގުޅިއަށް 65 ޓަނުގެ އާރް.އޯ ޕްލާންޓެއް ގެންގޮސްފިއެވެ.

ކ.ގުޅިއަށް ފެނާއި ނަރުދަމާގެ ޚިދުމަތްވެސް ފޯރުކޮށްދެނީ ސްޓެލޯގެ ފަރާތުންނެވެ.

ސްޓްލެކޯއިން ބުނީ ކ. ގުޅީގެ ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމަށް އެ ކުންފުނިން ފެބްރުއަރީމަހު ހަވާލުވިއިރު، އެރަށުގައި ބަހައްޓާފައިވާ 40 ޓަނުގެ 2 އާރު.އޯ ޕްލާންޓުކަމަށެވެ. ނަމަވެސް އެ ދެ ޕްލާންޓުން ރަށަށް ބޭނުންވާ ވަރަށް ފެން އުފައްދާ ފޯރުކޮށްދިނުމަށް ދަތިތަކެއް ދިމާވަމުންދާތީ، އެ ޚިދުމަތް އެންމެ ފުރިހަމަގޮތުގައި ފޯރުވައިދިނުމަށް ދަތިތަކެއް ހުންނަކަމަށެވެ.



ސްޓެލްކޯއިން ބުނީ ރަށަށް ބޭނުންވާ ފެނުގެ ޚިދުމަތް އެންމެ ފުރިހަމަގޮތުގައި ފޯރުވައިދިނުމަށް 65 ޓަނުގެ އާރް.އޯ ޕްލާންޓެއް މިހާރު ވަނީ ގުޅިއަށް ގެންދެވިފައިކަމަށެވެ. އަދި މި ފެށޭ ހަފްތާގެ ތެރޭގައި އައު ޕްލާންޓް ބަހައްޓައި، ބޭނުން ކުރަން ފެށުމާއެކު، ގުޅީގެ ރައްޔިތުންނަށް ފެންވަރު ރަނގަޅު، ފުރިހަމަ ހިދުމަތެއް ދެވިގެންދާނެކަމަށް ސްޓެލްކޯއިން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު