ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަދި މަޝްހޫރު ގާނޫނީ ވަކީލް ނާޒިމް އަބްދުއްސައްތާރު ސޯޝަލް މީޑިއާއިން ގެއްލިއްޖެއެވެ.
އާއްމުގޮތެއްގައި ޓްވިޓަރގައި ވަރަށް ހަރަކާތްތެރިކޮށް އުޅުއްވާ ނާޒިމްގެ ޓްވިޓަރ އެކައުންޓްވެސް މިހާރު ވަނީ ޑީއެކްޓިވޭޓްކޮށްލާފައެވެ.
ޓްވިޓަރ އެކައުންޓް ޑީއެކްޓިވޭޓްކޮށް، ސޯޝަލް މީޑިއާއިން ނާޒިމް ސައްތާރު ގެއްލިފައި މިވަނީ، އޭނާގެ މައްޗަށް ވަރަށް ހަޑިހުތުރު ތުހުމަތުތަކެއް ކުރެވިފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން ނާޒިމް އަބްދުއްސައްތާރު ކަމަށް ބެެލެވޭ މީހަކު ބިދޭސީ ފިރިހެނަކާއި އެެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް ޝޯޝަލް މީޑިޔާގައި ލީކްކޮށްލާފައިވާއިރު، ފުލުހުން ދަނީ އެ މައްސަލަ ތަހުޤީޤްކުރަމުންނެވެ. އަދި އެމައްސަލައިގައި ފުލުހުންގެ އިދާރާއަށް އޭނާ ހާޒިރުކޮށް ވަނީ ސުވާލުވެސްކޮށްފައެވެ.
ވީޑިއޯ އިން ފެންނަ މަންޒަރުތަކުން އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށް ގިނަ ބަޔަކު ބުނި ނަމަވެސް ނާޒިމް ވިދާޅުވީ އެފަދަ އަމަލެއް ހިންގަވާފައި ނުވާނެކަމަށެވެ.
ފުލުހުންގެ އިދާރާއިން މީގެ ކުރިން ބުނެފައިވަނީ ގިނަ އަދަދެއްގެ މީހުން ހިމެނޭ ގޮތަށް ބްލެކްމެއިލް ކުރުމުގެ މައްސަލައެއް އެ ހިދުމަތަށް ހުށަހެޅުމާ ގުޅިގެން އެ މައްސަލައިގެ ތަހުގީގު ފުލުހުން ފަށާފައިވަ ކަމަށެވެ. އަދި ސޯޝަލް މީޑިއާގައި އާންމުވި ނާޒިމްގެ ވީޑިއޯއާ ގުޅިގެން އެވީޑިއޯގައި ހިމެނޭ މީހުންނާއި ގުޅޭ މައްސަލަވެސް ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައިގެ ތަހުގީގުގެ ތެރެއިން އިތުރަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ބައެއް ފަރާތްތަކުން މިހާރު ބުނަމުންދަނީ ނާޒިމް ސައްތާރު ރާއްޖެ ދޫކޮށް އެހެން ޤައުމަކަށް ފުރާވަޑައިގެންފައިވާކަމަށެވެ. ނަމަވެސް ދައުލަތުގެ ކަމާއިބެހޭ އިދާރާއަކުން މިކަމާއި ގުޅޭގޮތުން ވާހަކަދައްކާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު