ހުޅުމާލޭގައި ހުންނަ ޚާންޖީ ރެސްޓޯރެންޓްގައި ބަންގުލަދޭޝްގެ ވެއިޓަރަކު މިދިޔަ އޭޕްރީލްމަހު މަރާލިކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ އެ ރެސްޓޯރަންޓްގެ ޕާކިސްތާނު ޝެފް، މުހައްމަދު އާބިދުގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުންތައް މާދަމާ ފަށަން ތާވަލުކޮށްފިއެވެ.

ޕީޖީ އޮފީހުން ވަނީ ތޫނުއެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ އޭނާގެ މައްޗަށް އުފުލާފައެވެ. މިމައްސަލައިގެ ފުރަތަމަ އަޑުއެހުން މާދަމާއަށް ތާވަލުކޮށްފައިވާއިރު، މިއީ މަރުގެ އަދަބު އަންނަ ކުށެކެވެ.

ހުޅުމާލޭ ނިރޮޅުމަގުގެ 19 ވަނަ ގޯޅީގައި ހުންނަ ހާންޖީ ރެސްޓޯރެންޓް ތެރޭގައި ހިނގި މި ހާދިސާގައި ވަޅިޔަކުން ހަމަލާދިނުމުގެ ސަބަބުން މަރުވެފައިވަނީ އެ ތަނުގައި ވެއިޓަރެއްގެ ވަޒީފާ އަދާކުރަމުންދިޔަ ބަންގްލަދޭޝް ރައްޔިތެކެވެ.

އޭނާ މަރުވީ ފަރުވާއަށް ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަތާ ކުޑައިރުކޮޅެއްގެ ތެރޭގައިކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން