ރާއްޖޭގެ އެކި ހިސާބުތަކުގައި ހިންގާ ރިސޯޓްތަކުގެ ބާރު ހިނގާ ސަރަހައްދު ނުވަތަ އިހްތިސާސް ހިމެނޭ ސަރަހައްދު ބޮޑުކުރުމުގެ މަސައްކަތްކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
ރިސޯޓްތަކުގެ ބާރު ހިނގާ ސަރަހައްދު ނުވަތަ އިހްތިސާސް ހިމެނޭ ސަރަހައްދު ބޮޑުކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައި މިވަނީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ، މަޓީން އެކަމާއި ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރުމުންނެވެ.
ރިސޯޓް އޯނަރުންނާއި މަޓީން ކަންބޮޑުވުން ފާޅުކުރަމުންދަނީ ފަތުރުވެރިކަމަށް ދޫކޮށްފައިވާ ރިސޯޓްތަކުގެ ކައިރީގައި ފަތުރުވެރިންގެ ރައްކާތެރިކަމާއި އެމީހުންގެ މިނިވަންކަމަށް ހުރަސްއެޅޭގޮތަށް މަސްވެރިކަމުގެ ހަރަކާތްތައް ހިންގާކަމަށް ބުނެއެވެ.
ޤަވާއިދުތައް ކުރިން އޮންނަ ގޮތުން ރިސޯޓްތަކުގެ ކައިރިން 1000 މީޓަރަކީ ރިސޯޓްގެ ބާރު ހިނގާ ސަރަހައްދެވެ. ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގައި ވަނީ 500 މީޓަރަށް އެ ސަރަހައްދު ކުޑަކޮށްފައެވެ.
މަޓީގެ ކަންބޮޑުވުމާއި ގުޅިގެން ސަރުކާރުން ވަނީ އަނެއްކާވެސް ކުރިން އޮންނަ ގޮތަށް ރިސޯޓްތަކުގެ ކައިރިން 1000 މީޓަރަކީ ރިސޯޓްގެ ބާރު ހިނގާ ސަރަހައްދެއްކަމަށް ކަނޑައެޅުމުގެ މަސައްކަތް ފަށާފައެވެ.
ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ، ރިސޯޓްތަކުގެ ސަރަހައްދު 500 މީޓަރުން 1000 މީޓަރަށް ބަދަލުކުރުމަށް މަޓީން ހުށައަޅާފައިވާ ހުށައެޅުން ސަރުކާރުން ބަލައިގަންނަކަމަށާއި އެކަމާއި ގުޅޭގޮތުން މިހާރު މަޝްވަރާވެސް ކޮށްފައިވާކަމަށެވެ.
ރިސޯޓްތަކުގެ ބާރު ހިނގާ ސަރަހައްދު ނުވަތަ އިހްތިސާސް ހިމެނޭ ސަރަހައްދު ބޮޑުކުރުމުގެ މައްސަލައަކީ މަސްވެރިންގެ ކަންބޮޑުވުންވެސް އޮތް މައްސަލައެކެވެ. އެހެންކަމުން ސަރުކާރުން މިފަހަރު ފެށި މަސައްކަތާއެކު މަސްވެރިންގެ ކަންބޮޑުވުން އިތުރުވެގެންދާނެކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު