ސައުދީއަރަބިއާގެ ޖެނެރަލް އެޑްމިނިސްޓްރޭޝަން އޮފް ޙައްޖު މިޝަންސްގެ ޑިރެކްޓަރ ޖެނެރަލް އުސްތާޛް ބަހާއު ޙަލަވާނީ އާއި ދިވެހި ޙައްޖު މިޝަންގެ ރައީސް މިނިސްޓަރ އޮފް ސްޓޭޓް ފޯރ އިސްލާމިކް އެފެއާޒް އަލްއުސްތާޛް މުޙައްމަދު އަނީލް ބައްދަލު ކުރައްވައިފިއެވެ.
އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި، މިއަދު ސައުދީގައި އޮތް މި ބައްދަލުވުމުގައި ސައުސީ ޙައްޖު މިޝަންގެ ޑިރެކްޓަރާ ބައްދަލު ކުރައްވާ ދިވެހި ޙައްޖު ވެރިންގެ ކަންކަން ފަސޭހަ ކަމާއިއެކު ކުރިޔަށް ގެންދިއުމާއި ބެހޭގޮތުންވަނީ މަޝްވަރާ ކޮށްފައެވެ.
މި ބައްދަލުވުމުގައި ސައުދީ ސަރުކާރުން ދިވެހިރާއްޖެއާއި މެދު ބަހައްޓަވާ ގާތްކަމަށްޓަކައި ސައުދީ ރަސްގެފާނަށާއި ވަލީ އަހުދަށް ސްޓޭޓް މިނިސްޓަރު އަނީލް ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ދިވެހި ޙައްޖުވެރިންނަށް ދިމާވާ ދަތިތައް ލުއިކޮށްދިނުމުގައި އެހީތެރިކަން ފޯރުކޮށްދީ ޙައްޖުގެ އިންތިޒާމުތަކަށް އައިސްފައިވާ ބަދަލުތަކަށް ޙައްޖުވެރިން ހޭލުންތެރި ކުރުމުގައި އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ސައުދީ ހައްޖު މިޝަންގެ ޑިރެކްޓަރު މި ބައްދަލުވުމުގައި ވަނީ ވިދާޅުވެފައެވެ.
ރާއްޖެއިން ޙައްޖަށްދާ މީހުންގެ ކަންކަން ދިވެހި ސަރުކާރުގެ ފަރާތުން ބެލެހެއްޓެވުމަށްޓަކައި ކޮންމެ އަހަރަކުވެސް ސަރުކާރުން އެކަމަށް ޚާއްޞަ މިޝަނެއް އެކުލަވާލައްވައެވެ. އެ މިޝަނުން ސަޢޫދީ ޢަރަބިއްޔާގައި ޤާއިމްވެ، ރާއްޖެއިން އެ އަހަރަކު ޙައްޖުގެ އަޅުކަން އަދާކުރަން ސަޢުދީ އަރަބިއްޔާ ދާ ޙާޖީންނަށް އެހީތެރިކަން ފޯރުކޮށްދީ ރަސްމީ އިންތިޒާމްތައް ހަމަޖައްސައިދެއެވެ.
ރާއްޖޭން މިއަހަރު ހައްޖަށް މީހުން ގެންދިއުމަށް ސައުދީން ދީފައިވަނީ 453 ކޯޓާއެވެ.

ކިޔުންތެރިންގެ ހިޔާލު