ކ. އަތޮޅު ގުރައިދޫ ގެސްޓް ހައުސްއެއްގައި މަރުވެފައި އޮތް ފަތުރުވެރިއަކު ފެނިއްޖެއެވެ.
ފުލުހުންގެ އިދާރާ އިން ބުނީ އެރަށު ގެސްޓްހައުސްއެއްގެ ކޮޓަރިއަކުން ކުނިވަސް ދުވާ ކަމުގެ މައުލޫމާތު އިއްޔެ އިރުއޮއްސި 6:47ގައި ފުލުހުންނަށް ލިބުނު ކަމަށެވެ. އަދި ފުލުހުން ގޮސް ބެލިއިރު، މަރުވެފައި އޮތް އަންހެނަކު ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މަރުވެފައި އޮއްވާ ފެނިފައިވަނީ އިނގިރޭސިވިލާތަށް ނިސްބަތްވާ އުމުރުން 57 އަހަރުގެ އަންހެން ފަތުރުވެރިއެކެވެ. ފަތުރުވެރިޔާގެ ހަށިގަނޑު ރަށު ހޮސްޕިޓަލަށް ގެންދިއުމުން އޭނާ މަރުވެފައިވާތާ އެއްދުވަސް ވަރު ވެފައިވާކަން އޭނާ ބެލި ޑޮކްޓަރަކު ވަނީ ބުނެފައެވެ. ފުލުހުން ބުނީ މި ފަތުރުވެރިޔާގެ މަރުގެ މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު