މަސްތުވާތަކެތި ބޭނުންކުރަމުންދިޔަ މީހުން އަތޮޅު ތަކުގެ ރަށްރަށަށް އަރުވާލަން ފެށުމުން، އެ ރަށްރަށުގައި މަސްތުވާތަކެތި ބޭނުންކުރާ މީހުން އުފެދި، ޖީލެއް ހަލާކުވެގެންދިޔަކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
"ޑްރަގަށް ދާއިމީ ހައްލު" މި ނަމުގައި އުމަރު އިސްވެ ހުންނަވާ ރޭ ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ، ރާއްޖޭގެ ސަރުކާރުތަކުން ހެދި އެންމެ ބޮޑު ގޯހަކީ މާލޭގައި ޑްރަގް ބޭނުންކުރާ މީހުން އަރުވާލަން ފެށުން ކަމަށެވެ. އޭގެ ސަބަބުން ކުދި ރަށްރަށުގައި މަސްތުވާތަކެތި ތައާރަފުވެ އެ ރަށްރަށުގެ އެއް ޖީލު ހަލާކުވެގެން ގޮސްފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެއީ އޭރުހެދި ވަރަށް ބޮޑު "ޕޮލިސީ މިސްޓޭކެއް" ކަމަށެވެ.
އުމަރު ވިދާޅުވީ އޭރު ހެދި އަނެއް ގޯހަކީ، އެފަދަ މީހުން އިސްލާހު ކުރުމަށް އާއިލާތަކަށް ފުރުސަތު ނުދިނުން ކަމަށެވެ. އެގޮތުން ކުޑަކުދިންގެ ހައްގުތަކާބެހޭ ގާނޫނުތައް ހަދައިގެން މައިންބަފައިންއަތުން ބާރުތައް އަތުލާ ނުވަތަ ބައެއް ހާލަތްތަކުގައި މައިންބަފައިންގެ ބާރު ނެތްކަން ދޭހަވާގޮތަށް އެ ގާނޫނު މާނަކުރުމަކީ ވެސް ހެދި ގޯހެއް ކަމަށެވެ.
ޖަލްސާގައި އުމަރު ވިދާޅުވީ، ވެސްޓަން އޮސްޓްރޭލިއާގައި ޑްރަގާ ދެކޮޅަށް ގެންގުޅޭ މޮޑެލެއް ރާއްޖެ ގެނެސް، ރާއްޖޭގެ ގާނޫނު އެގޮތަށް ބައްޓަން ކޮށްފައި އޮތުމަކީ ހެދި ވަރަށް ބޮޑު ގޯހެއް ކަމަށާއި އެ މޮޑެލް ރާއްޖެއަށް ތައާރަފު ކުރި އިރު، އެ މޮޑެލަކީ އޭރުވެސް އޮސްޓްރޭލިއާގައި ރަނގަޅަށް މަސައްކަތް ނުކުރާ މޮޑެލެއް ކަމަށް، ރާއްޖެ އައި އޮސްޓްރޭލިއާގެ އޮފިސަރުން ބުނި ކަމަށެވެ. އަދި ރާއްޖެއަށް އެ މޮޑެލް ނުގުޅޭ ކަމަށާއި، އެހެން މޮޑެލެއް ހޯދަން އެމީހުން އޭރު ލަފާ ދިން ކަމަށްވެސް އުމަރު ވިދާޅުވިއެވެ.
ނަމަވެސް އޭރު އޮތް ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ނިންމީ އެ މޮޑެލް ގެންނަން ކަމަށާއި އެއީ ވަރަށް "ދިއުޅިދިގު" މޮޑެލެއް ކަމަށް ވެސް އުމަރު ވިދާޅުވިއެވެ. ރާއްޖޭގައި މިކަމުގައި އޮންނަ މަރުހަލާތައް ދިގުކަން ފާހަގަ ކުރައްވަމުން އުމަރު އިތުރަށް ވިދާޅުވީ، މަސްތުވާ އެއްޗެހި ބޭނުންކުރާ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމަށް ފަހު އެ ހިނގާ މަރުހަލާތައް ކަޑައްތުކޮށް ރިހެބިލިޓޭޝަން ސެންޓަރަކާ ހަމައަށް ދެވެނީ، ދެ އަހަރު ދުވަހު މަސައްކަތް ކޮށްގެން ކަމަށެވެ.
ރޭގެ ޖަލްސާގައި އުމަރުވަނީ ގިނަ ތަފާސްހިސާބުތަކަކާއެކު މަސްތުވާތަކެތީގެ ހާލަތު ބަޔާން ކޮށްދެއްވާފައެވެ. އަދި އެކަންކަން ހައްލުކުރަން އޭނާ ވިސްނަވާ ގޮތްތައް ވިދާޅުވެދެއްވާފައިވެއެވެ. އޭނާ ވިދާޅުވީ، މި މައްސަލަ މިހާތަނަށްވެސް ހައްލު ނުވެ ދަނީ، ސަރުކާރުތަކުން އެކަން ކުރަން ފަސްޖެހޭތީ ކަމަށާއި، އެކަން ހައްލު ކުރެވޭނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވަން މަސްތުވާތެކެތި ހިފައިގެން ރާއްޖޭގެ އިގްތިސާދީ ސަރަހައްދުތަކަށް ވަންނަ އުޅަނދުތަކަށް ބަޑިޖަހާ ފައްތާލައިގެން ކަމަށެވެ. މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުން މެރުމުގެ އިތުރުން، މަސްތުވާތަކެތި ބޭނުން ކުރާ މީހުން ލަސްވެގެން 24 ގަޑިއިރު ތެރޭގައި ފަރުވާއާ ހަމައަށް ގެންދެވޭނެ ގޮތަށް އިންތިޒާމްތައް ހަމަޖެއްސިގެން ޖެހޭ ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.
އާންމުކޮށް އުމަރު ބާއްވާ މިފަދަ ޖަލްސާތަކާއި އަޅާބަލާއިރު، ރޭގެ ޖަލްސާގައި ގިނަބަޔަކު ބައިވެރިވެފައިވާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު