ކޮމަންވެލްތް ގައުމުތަކުގެ އިސްވެރިންގެ ރީޓްރީޓްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގެންފިއެވެ.
މިހާރު ކުރިޔަށްދާ ރުވާންޑާގެ އިންޓެއަރ ކޮންފަރެންސް އެރީނާގައި މިއަދު ބޭއްވި މި ރީޓްރީޓް ކުރިޔަށް ގެންގޮސްފައިވަނީ ދެ ސެޝަނަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ސެޝަން އަމާޒުކޮށްފައި ވަނީ ޒުވާނުންނާއި، ޓެކްނޮލޮޖީއާއި، އީޖާދީކަމުގެ މައްޗަށެވެ. ދެ ވަނަ ސެޝަން އަމާޒު ކޮށްފައިވަނީ ބައިނަލްއަޤްވާމީ ގޮތުން ކުރިމަތިވާ އެކި ގޮންޖެހުންތަކަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ރުވާންޑާއަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅަކީ ކޮމަންވެލްތުގެ ގައުމުތަކުގެ އެންމެ އިސްވެރިންގެ 26 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ހަވާސާގައި، މިއަދު ބޭއްވި "ދި ބެސްޓް އޮފް ރުވާންޑާ" އެގްޒިބިޝަނަށް ރައީސްގެ އަނބިކަނބަލުން ފަޒްނާ ވަނީ ޒިރާޔަތް ކުރައްވާ އެ އެގްޒިބިޝަންގައި ބައިވެރިކޮށްފައިވާ ތަކެތި ބައްލަވާލައްވާފައެވެ.
މިއީ ކޮމަންވެލްތް ގައުމުތަކުގެ ލިސްޓުން ރާއްޖެ އަމިއްލައަށް ވަކިވުމަށްފަހު، މި ސަރުކާރުން އަލުން ކޮމަންވެލްތުގެ މެންބަރަކަށް ރާއްޖެވީފަހުން ކޮމަންވެލްތުގެ ގައުމުތަކުގެ އެންމެ އިސްވެރިންގެ ފުރަތަމަ ބައްދަލުވުމެވެ. ބައްދަލުވުމުގެ ޝިއާރަކީ "ޑެލިވަރިންގ އަ ކޮމަން ފިއުޗަރ: ކަނެކްޓިންގ، އިނޮވޭޓިންގ، ޓްރާންސްފޯމިންގ" މިއެވެ.

ކިޔުންތެރިންގެ ހިޔާލު