އަންނަ ދިރާސީ އަހަރު ރާއްޖެއިން ބޭރުން ގެންނަ ބިދޭސީ ޓީޗަރުންގެ އަދަދު ވަރަށް ބޮޑަށް މަދުވެގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
ދައުލަތުގެ މީޑިޔާގައި ރޭ ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ އަހުމަދު އަލީ ވިދާޅުވީ، ކޮންމެ އަހަރަކުވެސް ގިނަ އަދަދެއްގެ ބިދޭސީ ޓީޗަރުން ބޭރުން ގެންނަންޖެހޭ ކަަމަށާއި އެހެން ނަމަވެސް އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރު ރާއްޖެއަށް ގެންނަ ބިދޭސީ ޓީޗަރުންގެ އަދަދު ވަރަށް ބޮޑަށް މަދުވެގެންދާނެ ކަމަށެވެ.
ރާއްޖޭގެ ސުކޫލުތަކަށް ބޭނުންވާ ޓީޗަރުންގެ އަދަދު މިދިޔަ އޭޕްރީލް މަހު ކަނޑައަޅައި ނިއްމައިފައިވާ ކަމަށާއި އެގޮތުން ތައުލީމީ ދާއިރާގައި މިހާރު ތިބި މުވައްޒަފުންގެ އަދަދު ބަަލައި އިތުރަށް ބޭނުންވާ މުވައްޒަފުންގެ އަދަދު މިހާރު ދެނެގަނެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ޕީއެސް އަހުމަދު އަލީ ވިދާޅުވީ އިތުރަށް ބޭނުންވާ މުވައްޒަފުން ނެގުމަށް ފިނޭންސް މިނިސްޓްރީން ހޯދަންޖެހޭ ހުއްދަތައް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
"ކޮންމެ އަހަރަކުވެސް ރާއްޖެއިން ބޭރުން ބިދޭސީ މުވައްޒަފުން ގެންނަންޖެހޭ. އެހެންވީމަ އެ އަދަދު ވެސް ކަނޑައެޅިފައި، މި ހުންނަ އޭޖެންސީ ތަކާއި އެއްކޮށް އެމަސައްކަތް ވެސް މިހާރު ހިނގަމުން އެބަދޭ. އެޖެންސީތަކުގެ މަސައްކަތް ވެސް މިހާރު ނިމި ގެންނަންޖެހޭ މީހުންނަށް އޮފަރ ލެޓާ ދިނުމުގެ މަސައްކަތް މިހާރު އެ ކުރިއަށްދަނީ. އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ އެހެން އަހަރުތަކާއި އަޅާބަލާއިރު ކުރިއަށް އޮތް ދިރާސީ އަހަރު ރާއްޖެ އިން ބޭރުން މި ގެންނަ މުވައްޒަފުންގެ އަދަދު ބޮޑުތަނުން މިފަހަރު މަދުވެފައި މިއޮތީ." އެޑިއުކޭޝަން މިނިސްޓްރީގެ ޕީއެސް އަހުމަދު އަލީ ވިދާޅުވިއެވެ.
މީގެ އިތުރުން އަހުމަދު އަލީ ވިދާޅުވީ މިއަހަރު ރާއްޖެ އިން ބޭރުން ގެންނަ ބިދޭސީ ޓީޗަރުން މަދުވުމުގައި މައިގަނޑު ދެ ސަބަބެއް އެބައޮތް ކަމަށެވެ. އޭގެތެރޭގައި މިދިޔަ އަހަރާއި މިއަހަރު ލިބުނު ދިވެހި ޓީޗަރުންގެ އަދަދު އިތުރުވުމާއި މުސާރައަށް އައި ހެއު ބަދަލާއެކު ކުރިން ތައުލީމީ ދާއިރާގައި އުޅެފައި ތިބި މީހުން އަލުން ދާއިރާ އާއި ގުޅުމަށް ޝައުގުވެރިކަން ފާޅުކުރުން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"ބައެއް ސުކޫލުތަކުގައި ވަރަށް މަދު ގްރޭޑްތަކެއް ހުރެފައި ބައެއް ލިމިޑެޓް މާއްދާތަކެއް މި ކިޔަވައިދެނީ. އެގޮތަށް ކިޔަވައިދޭއިރު އެސުކޫލުގައި ހުރި ޓީޗަރު އެހެން ސުކޫލަށް ބަދަލުކުރެވި އެގޮތުން މީގައި ކޮންމެވެސް ވަރެއްގެ ސޭވިންގ އެއް އައިސްފައި އެބައޮތް،" އަހުމަދު އަލީ ވިދާޅުވިއެވެ.
އިތުރަށް ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޕީއެސް ވިދާޅުވީ މިއަހަރު ދާއިމީ މުވައްޒަފުން ނުލިބޭތީ 600 އަށްވުރެ ގިނަ ރިލީފް ޓީޗަރުން ނުވަތަ ވަގުތީ ޓީޗަރުން މިއަހަރު ނަގަންޖެހުނު ކަމަށެވެ. އެގޮތުން 216 ސުކޫލުގައި 600 އަށް ވުރެ ގިނަ ރިލީފް ޓީޗަރުން ކިޔަވައިދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެެ.
"ކޮންމެ ދިރާސީ އަހަރެއް ނިމި އަނެއް ދިރާސީ އަހަރަށް ދާއިރުގައި ދާއިމީ މުވައްޒަފުން ހޯދަން އިއުލާންކުރާނެ އެހެންވީމަ އަޅުގަނޑަށް ލަފާކުރެވޭ ރަނގަޅު އިޖާބައެއް ލިބިގެންދާނެ ކަމަށް. އޭގެތެރެއިން ހަަމަ ގިނަ ސްލްޓް ތަކެއް ހަމަޖެހިގެންދާނެ ކަމަށް." އެޑިއުކޭޝަން މިނިސްޓްރީގެ ޕީއެސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު