ރަޝިޔާގެ މިސޭލު ހަމަލާއެއް.
ރަޝިޔާގެ މިސޭލު ހަމަލާއެއް.
ތިންވަނަ ބޮޑު ހަނގުރާމައެއް ފަށައިފިނަމަ، އެންމެ ފުރަތަމަ ބޮން އަޅާނީ އިނގިރޭސިވިލާތައް ކަމަށްބުނެ ރަޝިޔާގެ ރައީސް ވިލާޑިމީރް ޕޫޓިންގެ އަރިސް ބޭފުޅަކު އިންޒާރު ދީފިއެވެ.

ރަޝިޔާގެ ސިފައިންގެ ސީނިއަރ ކޮމާންޑަރ އަދި ރަޝިޔާގެ ގާނޫނު ހަދާ މަޖިލީހުގެ ޑިފެންސް ކޮމިޓީގެ މެމްބަރެއްކަމަށްވާ އެންޑްރޭ ގުރުލީއޮވް މިފަދަ އިބާރާތަކުން އިނގިރޭސިވިލާތައް އިންޒާރު ދީފައިވަނީ ރަޝިޔާގެ ޓީވީ ޗެނަލަކަށް ދެއްވި އިންޓަރވިއުއެއްގައެވެ. އިނގިރޭސިވިލާތައް ބޮން އަޅާނެ ވާހަކަ އެންޑްރޭ ފާހަގަކުރައްވާފައިވަނީ ނޭޓޯގެ މެމްބަރު ގައުމުތައް ހިފަން ބޭނުންވެއްޖެ ހާލަތެއްގައި ކަންކުރާނެ އުސޫލު މަޝްވަރާކުރައްވަމުންނެވެ.

"އަހަރުމެންގެ ފުރަތަމަ އަމާޒަކަށް ވާނީ އިދިކޮޅު ފަރާތްތަކުގެ ސްޕޭސް ސެޓެލައިޓުތަކަށް ވައިގެ މަގުން ހަމަލާ ދިނުމަށް،" އެންޑްރޭ ގުރުލީއޮވް ވިދާޅުވިއެވެ.

ނޭޓޯގެ މެމްބަރު ގައުމުތަކުގެ މެދުގައި ހެދިފައިވާ އެއްބަސްވުމުގައި ވާގޮތުންނަމަ، ނޭޓޯގެ މެމްބަރު ގައުމުތަކުގެ ތެރެއިން އެންމެ ގައުމަކަށް ދެވޭ ހަމަލާ އަކީ ނޭޓޯގެ ހުރިހާ މެމްބަރު ގައުމުތަކަށް އަމާޒުވާ ހަމަލާއެކެވެ. އެގޮތުން ނޭޓޯގެ މެމްބަރު ގައުމުތަކުގެ ތެރެއިން އިނގިރޭސިވިލާތަށް ރަޝިޔާއިން ފުރަތަމަ ހަމަލާ އަމާޒުކުރުމާއިއެކު ތިންވަނަ ބޮޑު ހަނގުރާމައެއް ފެށުން ވަރަށް ގާތްކަމަށް ކަމާ ބެހޭ މާހިރުން ފާހަގަކުރެއެވެ.

ގުރުލީއޮވް ހާމަކޮށްފައިވާގޮތުގައި އިދިކޮޅު ފަރާތްތައް ހަމަލާ ދިނުމުގެ ދެވަނަ ފޭސްގައި ހުޅަނގު ޔޫރަޕުގެ ގައުމުތަކަށް ހަމަލާދީ ބިންތައް ހިފައި، އަދި ތިން ވަނަ ފޭސްގައި އެމެރިކާ އަދި ހުޅަނގުގެ ގައުމުތަކުން ކަރަންޓާއި، ކާބޯތަކެއްޗަށް ޖެހި ފިނީގައި ހާލުގައި ޖެހޭތަން ފެންނާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން