ވެލިދޫ ދޯނި އެހެލާ ސަރަޙައްދު ހަދަން ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް ގެންގޮސްފިއެވެ.

ސަރުކާރުން މިމަސައްކަތް ހަވާލުކޮށްފައިވާ އެމްޓީސީސީން ބުނީ ނ. ވެލިދޫ ދޯނި އެހެލާ ސަރަޙައްދު ހެދުމުގެ މަޝްރޫއަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާކަމަށެވެ.

އެމްޓިސީސީން ބުނީ މި މަޝްރޫޢުގެ ދަށުން ބިން ހިއްކުމުގެ 85 އިންސައްތަ މަސައްކަތް ނިމިފައިވާއިރު، ރިވެޓްމެންޓް ޖެހުމުގެ 58 އިންސައްތަ މަސައްކަތް ވަނީ ފުރިހަމަކުރެވިފައިކަމަށެވެ.



މި މަޝްރޫޢުގެ ދަށުން، 3.48 ހެކްޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، 255 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫޢަކީ ދައުލަތުގެ ބަޖެޓުން 18.25 މިލިއަން ރުފިޔާ.ހަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.



ކިޔުންތެރިންގެ ހިޔާލު