މާލޭ ރައްޔިތުންނަށް ޚާއްސަކޮށްގެން ދޫކުރާ ގޯތިތަކުގެ ހައްޤުވެރިންނަށް، އިންވަކިކޮށް ކުރިއަށްއޮތް އަހަރުތެރޭ ގޯތީގެ ލިޔުން ޙަވާލުކުރައްވާނެކަމަށް ޕްލޭނިންގ، މިނިސްޓަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އަސްލަމް މިހެން ވިދާޅުވީ ސަރުކާރުގެ "ގެދޮރުވެރިޔާ" ޕްރޮގްރާމުގެ ދަށުން މާލޭ ރައްޔިތުންނަށް ގޯތި ދޫކުރުމަށާއި، މާލޭ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭތާ 15 އަހަރަށްވުރެ ގިނަ ދުވަސްވީ ރައްޔިތުންނަށް ދޫކުރާ ފްލެޓަށް އެދި ހުޅުވާލުމާއި، އެކަމަށް ބޭނުންކުރާ "ގެދޮރުވެރިން ޕޯޓަލް" ރަސްމީކޮށް އިފްތިތާހް ކުރުމަށް ބޭއްވި ޖަލްސާގައި ވާހަަކަ ދައްކަވަމުންނެެވެ. މި ރަސްމިއްޔާތުގައި ވާހަކަަ ދައްކަވަމުން ޕްލޭނިންގް މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ މާލެ ރައްޔިތުންނަށް ބިންވެރިޔާ ސްކީމުގެ ދަށުން އިޢުލާންކޮށްފައިވާ 3000 ގޯއްޗާއި، ގެދޮރުވެރިޔާ ސްކީމުގެ ދަށުން އިޢުލާންކޮށްފައިވާ 4000 ފްލެޓަށް މިއަދުން ފެށިގެން އެޕްލިކޭޝަނަށް ހުށައަޅައި ކުރިމަތިލުމަށް 3 މަސް ދުވަހުގެ މުއްދަތެއް ދެވޭނެކަމަށެވެ.
އެއަށްފަހު ފޯމުތައް އިވެލުއޭޓްކޮށް، މަޢުލޫމާތު ސާފުކުރުމުގެ ކަންކަން ކުރެވިގެންދާނެކަމަށް އަސްލަމް ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ 3000 ގޯއްޗާއި، ގެދޮރުވެރިޔާ ސްކީމުގެ ދަށުން އިޢުލާންކޮށްފައިވާ 4000 ފްލެޓަށް ވަކި ފަރުދެއްގެގޮތުގައާއި، އާއިލާގެ މެންބަރުންގެ ތެރެއިން ބަޔަކު އެކުވެގެން ނުވަތަ މުޅި އާއިލާއެކުގައިވެސް ކުރިމަތިލެވޭނެ ކަމަށެވެ.
"އަޅުގަނޑުހިތުގައި ޝައްކެއް ނެތް ކުރިއަށްއޮތް އަހަރު ދުވަހުގެ ތެރޭގައި އަޅުގަނޑުމެންނަށް މި ދެންނެވި 3000 ގޯތި ކަޑަޖަހައި، ގޯތިއޮތްތަން ފާހަގަކޮށް، ގޯތީގެ ރަޖިސްޓްރީ ހައްޤުވާ ފަރާތްތަކަށް ދެވޭނެކަމާމެދުގައި." މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.
މީގެ އިތުރުން އަސްލަމް ވިދާޅުވީ ވަރަށް އަވަހަށް ގުޅީފަޅު ބިން އިތުރުކުރުމުގެ މަސައްކަތް ފެށިގެންދާނެކަމަށެވެ. ގުޅީފަޅުން ޖުމްލަ 149 ހެކްޓަރުގެ ބިން ގޯތިދޫކުރުމަށް ޚާއްސަކޮށްފައިވާއިރު އެރަށުން 49 ހެކްޓަރު ޚާއްސަކޮށްފައިވަނީ މާލޭ ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލުކުރުމަށްކަން މިނިސްޓަރު އަސްލަމް ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެންނަށް ފަސޭހަކަމާއެކީގައި 3000 ގޯތި ހުޅުމާލެއާއި ގުޅީފަޅުގެ މި ދެންނެވި ސަރަޙައްދުން ލިބިގެންދާނެ. އަދި އަޅުގަނޑަށް ޔަޤީން އަޅުގަނޑުމެން ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން ފައިނަލައިޒް ކުރެވިގެންދާއިރު ގޯތީގެ އަދަދު އެއަށްވުރެވެސް އިތުރުވެގެންދާނެކަމަށް." މިނިސްޓަރު ވިދާޅުވިއެވެ.
ސަރުކާރުން ބުނީ 3000 ގޯތި މާލޭ ރައްޔިތުންނަށް ދޫކުރަނީ ހުޅުމާލޭގައި މިހާރު ތަރައްޤީނުކުރެވި ހުރިސަރަހައްދުތަކުންނާއި، ގުޅީފަޅުން ކަމަށެވެެ. އަދި 4000 ފްލެޓް ދޫކުރަން ނިއްމާފައިވަނީ ހުޅުމާލެއިންނެވެ.
މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަކީ ރައީސް ސާލިޙުގެ ރިޔާސީ ވައުދެކެެވެ.

ކިޔުންތެރިންގެ ހިޔާލު