މިއަހަރު ރާއްޖެއިން ޙައްޖަށްދާ މީހުންގެ ތެރެއިން 157 މީހަކު މިރޭ ފުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިއަހަރު ރާއްޖެއިން ހައްޖަަށްދާ މީހުންގެ ފުރަތަމަ ގުރޫޕް ސައޫދީ އެއާލައިނުން މިރޭ ފުރާނެ ކަމަށެވެ. އެގޮތުން ހައްޖުގެ މަތިވެރި އަޅުކަން އަދާ ކުރުމަށް މިރޭ 157 މީހުން މައްކާއަށް ފުރާނެ ކަަމަށް އެ މިނިސްޓްރީން ބުނެ އެވެ.



އެ މިނިސްޓްރީން މައުލޫމާތު ދޭގޮތުގައި ޙައްޖުވެރިންގެ ފްލައިޓް ފުރާނީ ރާއްޖެގަޑިން މިރޭ 23:15 ގައެވެ. ހައްޖުވެރިންނަށް ޖިއްދާއަށް ދެވޭނީ ރޭގަނޑު 02:35 ގައެވެ. އެއީ ރާއްޖެގަޑިން ފަތިހު 04:35 އެހާކަންހާއިރުއެވެ.

ރާއްޖެއިން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރަންދާ މީހުންނަށް ޖިއްދާގެ އެއަރޕޯޓުން މަރުޙަބާ ކިޔައި، އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖޭގެ ޙައްޖު މިޝަނާއި ސައޫދީގެ ކޮންސުލޭޓުން ވަޑައިގަންނަވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު