ސިންގަޕޫރަށް ކަނޑައަޅާ ސަފީރު ކަމަށް ޑީއާރްޕީގެ ކުރީގެ ލީޑަރު ތަސްމީން އަލީ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ ހާރިިޖީ ގުޅުންތަކުގެ ކޮމިޓީން ފާސްކޮށްފި އެވެ.

މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ތަސްމީނަށް ރުހުން ދޭން ފާސްވީ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ތަސްމީން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ސިންގަޕޫރުގެ ސަފީރު ކަމަށް އަހުމަދު ތަސްމީން ހަމަޖައްސަން މަޖިލީހަށް އޭނާގެ ނަން ރައީސް ސޯލިހް ފޮނުއްވީ މިމަހުގެ 15 ވަނަ ދުވަހުއެވެ.

މެލޭޝިއާ ސަފީރުގެ މަގާމުގައި މީގެކުރިން ހުންނެވީ ތަސްމީނުގެ އަނބިކަނބަލުން ވިސާމް އަލީ އެވެ. އޭނާ މިދިޔަ އޭޕްރިލް މަހު މަގާމުން ވަނީ އިސްތިއުފާ ދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު


-7

ކަދީ

01-Jul-2022

މި ގައުމަށް ބަލަދުއަރާފަ ތިބޭ މީހުން. ކިޔަވައިގެން ނުކުންނަ ޒުވާނުން ވަޒީފާ ގަނޑެއް ނުލިބި މަގުމަތިވެފަ.😭😭