ލިވާތު ކުރާ މީހުންގެ ކިބައިން ރާއްޖެ ސަލާމަތް ކުރަށްވައިތޯ އަރަފާތު ބިމުގައި ދުއާކޮށްދޭން ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ދިވެހި ހައްޖުވެރިންގެ ކިބައިން އެދިވަޑައިގެންފިއެވެ.

މިއަހަރު ރާއްޖެއިން ހައްޖަށްދާ މީހުން މިރޭ ވަނީ ފުރަން ފަށާފައެެވެ. އެކަމާ ގުޅިގެން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ވަނީ ލިވާތު ބާގައިގެ މީހުންނާއި އެމީހުންނަށް އެހީވާ މީހުންގެ ކިބައިން ރާއްޖެ ސަލާމަތް ކޮށްދެއްވުމަށްއެދި އަރަފާތު ދުވަހު ދިވެހި އެންމެހާ ހާޖީން ދުއާ ކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

ހައްޖު ކޯޕަރޭޝަނުން ހާޖީންގެ ދަތުރުތައް ކުރާ މަންޒަރު ފެނުމުން ވަރަށް އުފާވާކަމަށް ޝަހީމް ވިދާޅުވިއެވެ.



ހައްޖު ކޯޕަރޭޝަން އުފެއްދީ ޑރ. ޝަހީމް އިސްލާމިކް މިނިސްޓަރ ކަމުގައި ހުންނެވި ދުވަސް ވަރުއެވެ.

ޝަހީމް މިފަދަ މޭރުމަކުން ވާހަކަ ދައްކަވާފައި މިވަނީ ރާއްޖޭގެ އިސް ބައެއްގެ އެފަދަ ވީޑިއޯއާއި ފޮޓޯ އާންމުވަމުންދާތީ އެކަމާ ގުޅުވައިގެން ނެެވެ.

މި އަހަރު ރާއްޖެއިން 453 މީހުން ހައްޖަށް ދާއިރު، ސައޫދީ އެއާލައިންސުން މިރޭ ވަނީ އޭގެތެރެއިން 157 މީހަކު ފުރާފައެވެ.



ކިޔުންތެރިންގެ ހިޔާލު