މިއަހަރު ރާއްޖެއިން ޙައްޖަށްދާ މީހުންގެ ތެރެއިން 156 މީހަކު ސައުދީ އަރަބިއްޔާއަށް ހިނގައްޖެއެވެ.
ރާއްޖެއިން ހައްޖަށްދާ މީހުންގެ ފުރަތަމަ ގްރޫޕް ހައްޖުގެ އަޅުކަމަށް ފުރާފައިވަނީ ސައޫދީ އެއާލައިނުން ރޭ 23:15 ހާއިރުއެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފުރި 156 މީހުން ހެޔޮ ހާލުގައި މިހާރު ޖިއްދާއަށް ގޮސްފައިވާކަމަށާއި، އަދި މައްކާގައި އެ މީހުން ތިބޭ ހޮޓަލަށް ދަތުރުކުރަމުންދާކަމަށެވެ.
ރާއްޖެއިން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރަންދާ މީހުންނަށް ޖިއްދާގެ އެއަރޕޯޓުން މަރުޙަބާ ކިޔައި، އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖޭގެ ޙައްޖު މިޝަނާއި ސައޫދީގެ ކޮންސުލޭޓުގެ ބޭފުޅުން ވަޑައިގެންނެވިއެވެ.
ހައްޖުގެ މަތިވެރި އަޅުކަން އަދާކުރަން ދާމީހުން ހައްޖަށް ފުރުމަށް ހަމަޖެހިފައިވާ ދުވަސްތަކަކީ ޖޫން 26، 29 އަދި ޖުލައި 2 ވަނަ ދުވަހެވެ.
މިއަހަރު ރާއްޖެއިން މީހުން ޙައްޖަށް ގެންދިޔުމަށް ލިބިފައިވަނީ 453 ޖާގައެވެ. އޭގެ ތެރެއިން 352 ޖާގަ ޚާއްސަކޮށްފައިވަނީ ހައްޖަށް ދާން ހައްޖު ކޯޕަރޭޝަންގެ ކިއުގައި މިވަގުތު ތިބި މީހުންނަށެވެ. އަދި ބާކީ 100 ޖާގަ އާންމުކޮށް ހުޅުވައިލައިގެން ގުރުއަތުން ހޮވުނު މީހުންނަށް ވަނީ ދީފައެވެ.

1443ވަނަ އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް 26 ޖޫން 2022 ގައި ސައުދީއަށް ފުރި 156 ހާޖީން ހެޔޮ ހާލުގައި މިހާރު މިވަނީ ޖިއްދާއަށް ޖައްސާފައި
— Maldives Hajj Corporation Limited (@Hajjcorporation) June 27, 2022
ހައްޖު ކޯޕަރޭޝަނުން ބުނީ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފުރި 156 މީހުން ހެޔޮ ހާލުގައި މިހާރު ޖިއްދާއަށް ގޮސްފައިވާކަމަށާއި، އަދި މައްކާގައި އެ މީހުން ތިބޭ ހޮޓަލަށް ދަތުރުކުރަމުންދާކަމަށެވެ.
މިއަދުގެ ފްލައިޓުން ދަތުރުކުރި ހުރިހާ ހާޖީން މައްކާގެ ހޮޓަލަށް ދިއަށް ބަހުގައި ދަތުރުފަށައިފި. ހުރިހާ ޙާޖީންގެ ހާލު ރަނގަޅު
— Maldives Hajj Corporation Limited (@Hajjcorporation) June 27, 2022
ރާއްޖެއިން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރަންދާ މީހުންނަށް ޖިއްދާގެ އެއަރޕޯޓުން މަރުޙަބާ ކިޔައި، އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖޭގެ ޙައްޖު މިޝަނާއި ސައޫދީގެ ކޮންސުލޭޓުގެ ބޭފުޅުން ވަޑައިގެންނެވިއެވެ.
ހައްޖުގެ މަތިވެރި އަޅުކަން އަދާކުރަން ދާމީހުން ހައްޖަށް ފުރުމަށް ހަމަޖެހިފައިވާ ދުވަސްތަކަކީ ޖޫން 26، 29 އަދި ޖުލައި 2 ވަނަ ދުވަހެވެ.
މިއަހަރު ރާއްޖެއިން މީހުން ޙައްޖަށް ގެންދިޔުމަށް ލިބިފައިވަނީ 453 ޖާގައެވެ. އޭގެ ތެރެއިން 352 ޖާގަ ޚާއްސަކޮށްފައިވަނީ ހައްޖަށް ދާން ހައްޖު ކޯޕަރޭޝަންގެ ކިއުގައި މިވަގުތު ތިބި މީހުންނަށެވެ. އަދި ބާކީ 100 ޖާގަ އާންމުކޮށް ހުޅުވައިލައިގެން ގުރުއަތުން ހޮވުނު މީހުންނަށް ވަނީ ދީފައެވެ.
ކިޔުންތެރިންގެ ހިޔާލު