ސަރވޭއެއް ކުރުމަށްކަމަށް ބުނެ ހެލްތު މިނިސްޓްރީގެ ނަމުގައި ގުޅައިގެން ޒާތީ މަޢުލޫމާތު ހޯދަމުންދާތީ އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.
ހެލްތު މިނިސްޓްރީން ބުނީ ސަރވޭއަކާ ގުޅިގެންކަމަށް ބުނެ ސިއްޙީ ޚިދުމަތް ދިނުމުގައި މަސައްކަތް ކުރާ ޑޮކްޓަރުންނާއި އާއްމު ފަރާތްތަކަށް ހެލްތު މިނިސްޓްރީގެ ނަމުގައި ގުޅައި ޒާތީ މަޢުލޫމާތު ހޯދައި އީމެއިލް އެކައުންޓްތައް ހެކް ކުރަމުން އަންނަކަން އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ. އަދި އެ މަޢުލޫމާތު މޯލްޑިވްސް ޕޮލިސް ސަރިވިސްއާއި ކަމާގުޅުންހުރި އެހެނިހެން އިދާރާތަކާއި ހިއްސާކޮށްފައިވާކަމަށްވެސް މިނިސްޓްރީން ބުނެފައި ވެއެވެ.
ހެލްތް މިނިސްޓްރީން ބުނީ އެ މިނިސްޓްރީން މިވަގުތު އެއްވެސް ސާވޭއެއް ކުރަމުން ނުދާކަމަށެވެ. އެހެންކަމުން މިފަދަ ފޯނު ކޯލްތަކަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ފަހަކަށް އައިސް އެކި މިނިސްޓްރީތަކާއި މުއައްސަސާތަކާއި ކުންފުނިތަކުގައި ނަމުގައި ގުޅައިގެން މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ހޯދާ މައްސަލަތައް ހުށަހެޅޭ މިންވަރު ވަނީ އިތުރުވެފައެވެ. އެހެންކަމުން މިފަދަ ކަންކަމަށް ސަމާލުވުމަށް ފުލުހުން އަބަދުވެސް އިލްތިމާސްކުރެއެވެ.

މިނިސްޓްރީގެ ނަމުގައި އޮޅުވާލުމުގެ ކޯލްތަކެއް، ސަމާލުވޭ! pic.twitter.com/SUV0bYcQRA
— Ministry of Health (@MoHmv) June 27, 2022
ހެލްތް މިނިސްޓްރީން ބުނީ އެ މިނިސްޓްރީން މިވަގުތު އެއްވެސް ސާވޭއެއް ކުރަމުން ނުދާކަމަށެވެ. އެހެންކަމުން މިފަދަ ފޯނު ކޯލްތަކަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ފަހަކަށް އައިސް އެކި މިނިސްޓްރީތަކާއި މުއައްސަސާތަކާއި ކުންފުނިތަކުގައި ނަމުގައި ގުޅައިގެން މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ހޯދާ މައްސަލަތައް ހުށަހެޅޭ މިންވަރު ވަނީ އިތުރުވެފައެވެ. އެހެންކަމުން މިފަދަ ކަންކަމަށް ސަމާލުވުމަށް ފުލުހުން އަބަދުވެސް އިލްތިމާސްކުރެއެވެ.
ކިޔުންތެރިންގެ ހިޔާލު