ރައްޔިތުންގެ މަޖިލީހުގައި ވަޒީރުންނާއި ސުވާލު ކުރުމަށް މިހާރު ކަނޑައަޅާފައިވާ ވަގުތު 30 މިނެޓަށް އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މަޖިލީހުގެ ޤަވާއިދު މިހާރު އޮންނަ ގޮތުން ވަޒީރުންނާއި ސުވާލުކުރުމަށް ލިބެނީ 20 މިނެޓްގެ ވަގުތުކޮޅެވެ. އޭގެ ތެރެއިން ސުވާލު ހުށަހަޅުއްވާ މެމްބަރަށް ވަޒީރާއި ދެ ސުވާލު ކުރުމުގެ ފުރުސަތު ލިބެއެވެ. އެހެން މެމްބަރުންނަށް ސުވާލު ކުރުމުގެ ފުރުސަތު ލިބެނީ އެއަށްފަހުއެވެ.
މިކަމާއި ގުޅިގެން ވަޒީރުންނާއި ސުވާލުކުރުމަށް އެކަށީގެންވާ ވަގުތު ނުލިބޭކަމަށް ބުނެ މެމްބަރުން ކަންބޮޑުވުން ފާޅުކުރެއެވެ. އެހެންކަމުން މިކަމަށް ހައްލު ގެނައުމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވަނީ ޢާންމު ކޮމެޓީގައި
އެދިވަޑައިގެންފައެވެ.
މަޖިލީހުގެ އާންމު ކޮމެޓީން އެމައްސަލަ ދިރާސާކުރުމަށްފަހު ނިންމާފައި ވަނީ މަޖިލީހުގައި ވަޒީރުންނާއި ސުވާލުކުރުމުގެ ވަގުތު 30 މިނެޓަށް އިތުރުކުރުމަށެވެ. އަދި ކޮމިޓީން ފާސްކުރި ގޮތަށް ވަގުތު އިތުރުކުރަން މަޖިލީހުގައި މިއަދު ނެގި ވޯޓުގައި ވަނީ ފާސްކޮށްފައެވެ. އެ ހުށަހެޅުން ފާސްވީ ވޯޓްގައި ބައިވެރިވި 23 މެމްބަރުންގެ ވޯޓުންނެވެ.
ވަޒީރުންނާއި ސުވާލުކުރުމަށް މަޖިލީހަށް ވަޒީރުން ހާޒިރުކުރުމުގެ އިތުރުން، ލިޔުމުންވެސް ހުށަހެޅެއެވެ.

ކިޔުންތެރިންގެ ހިޔާލު