ކަސްޓަމަރުންނަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް، 2 ރުފިޔާގެ ޓެކުހެއް ނަގާގޮތަށް ހުށަހަޅާފައިވާ ކުނި މެނޭޖްކުރުމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ބަލައިގަންނަން ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލު މަޖިލީހަށް ބަލައިގަންނަން ފާސްކޮށްފައިވާއިރު ސަރުކާރުގެ ފަރާތުން މިބިލު ހުށަހެޅުއްވީ ކޮމަންޑޫ ދާއިރާގެ މެމްބަރު މުޙައްމަދު ރާޝިދެވެ.
މި ބިލުގައި ވަނީ ވިޔަފާރިތަކުން ކަސްޓަމަރުންނަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް، ލެވީގެ ގޮތުގައި ކަސްޓަމަރުގެ އަތުން 2 ރުފިޔާ ނުވަތަ އެހެން ފައިސާއަކުން ނަމަަ، 2 ރުފިޔާއާ އެއްވަރުގެ އަދަދަކަށް ފައިސާ ނަގަން ހިމަނާފައެވެ.
މި ޤާނޫނުގެ ދަށުން ޕްލާސްޓިކް ކޮތަޅުން ނަގާ ލެވީ، ބައެއްޕްލާސްޓިކް ކޮތަޅުން ނެގުން އިސްތިސްނާވާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ ޑިއުޓީ ފްރީ ފިހާރަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅު، ބަންދުނުކޮށް ހުންނަ، ހުރިހާ ބާވަތެއްގެ ތާޒާ މަސް އެޅުމަށް ބޭނުންކުރާ ކޮތަޅު، ބަންދުނުކޮށް ހުންނަ ހަނޑޫ، ހަކުރު އަދި ފުށް އެޅުމަށް ބޭނުންކުރާ ޕްލާސްޓިކް ކޮތަޅު، ފަންސާސް ނުވަތަ އެއަށްވުރެ ގިނަ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑި، އަދި ކުނި މެނޭޖްކުރުމުގެ ޚިދުމަތް ދޭ ފަރާތްތަކުން ނުވަތަ ކަމާބެހޭ އެންމެ އިދާރާއަކުން ކުނި އެޅުމަށް ޚާއްސަކޮށް ވިއްކާ ނުވަތަ ދޫކުރާ "ބިންލައިނަރ" އެވެ.
މީރާގައި ޖީއެސްޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތައް މި ޤާނޫނުގެ ދަށުން ޕްލާސްޓިކް ކޮތަޅުން ނަގާ ލެވީ މީރާއަށް ދެއްކުން މި ބިލުގައިވަނީ ލާޒިމުކޮށްފައެވެ. މިއާއެކު މި ޤާނޫނުގެ ދަށުން ޕްލާސްޓިކް ކޮތަޅުން ލެވީ ނެގުމުގައި ޢަމަލުކުރާނެ އުސޫލުތަކާއި ޤަވާއިދު، މި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޙުން ފެށިގެން 6 މަސްދުވަހުގެ ތެރޭގައި މީރާއިން އެކުލަވާލަން ޖެހެއެވެ.
އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކް ބޭނުންކުރުން 2023 ވަނަ އަހަރާއި ހަމަޔަށް ހުއްޓާލާ ގައުމަކަށް ދިވެހިރާއްޖެހެދުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙުގެ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެވެ.

ކިޔުންތެރިންގެ ހިޔާލު