ބަރަހަނާ ވީޑިއޯތަކެއް ބޭނުންކޮށްގެން ބްލެކް މެއިލް ކުރަމުންދާ ބައެއް މީހުން ދެނެގަނެވިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ، ބަރަހާނާ ވީޑިއޯތައް ލީކްކުރާ މީހުން ދެނެގަނެވިފައިވާ ކަމަށެވެ. އެ ފަރާތްތަކުގެ މައްޗަށް ހިންގަންޖެހޭ ތަހުގީގުތައް މިހާރު ހިނގަމުންދާ ކަމަށް ރިޔާޒް ވިދާޅުވިއެވެ.
"މި މައްސަލައިގައި އަޅުގަނޑުމެން ވީޑިއޯތަކާ ގުޅޭ ގޮތުން މިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކެއް ދެނެގަނެވިފައިވަނީ." އޭސީޕީ ރިޔާޒު ވިދާޅުވިއެވެ.
ރިޔާޒު ވިދާޅުވީ މިފަދަ މައްސަލަތަކުގައި މީހަކު ހައްޔަރުކުރަން ޖެހޭ ހާލަތެއް މެދުވެރިވެއްޖެނަމަ ހައްޔަރު ކުރާނެ ކަމަށާއި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވަން ޖެހުނީމާ އެކަންވެސް ކުރާނެ ކަމަށެވެ. އެއްވެސް މައްސަލައެއްގައި ވަކި މީހަކަށް ވީތީ ތަފާތު ނުކުރާނެ ކަމަށް ރިޔާޒް ވިދާޅުވިއެެވެ.
މީގެ އިތުރުން އެވީޑިއޯތައް ލީކް ކުރުމުގައި ފުލުހުންގެ އަތެއްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ތުހުމަތުތަކާއި ގުޅިގެން ރިޔާޒް ވިދާޅުވީ ބަރަހަނާ ވީޑިއޯތައް އާންމުކުރުމުގަައި ދިވެހި ފުލުހުންގެ ދައުރެއް އޮތްކަން ބަލަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. ރިޔާޒު ވަނީ އެފަދަ ތުހުމަތެއް ކުރާނަމަ ކަމާގުޅުން ހުރި އިދާރާތަކަށް ހުށައަޅައިގެން ކުރިއަށް ދިއުމަށް އެދިވަޑައިގެންފައެވެ. އަދި އެފަދަ މައްސަލަ އެއް ފުލުހެއްގެ މައްޗަށް ސާބިތުވެއްޖެނަމަ ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ވެސް ދެއްވިއެވެ.
ރިޔާޒް ވިދާޅުވީ ފުލުހުންނަށް ކުރާ ތުހުމަތުތައް ބެލޭނެ ނިޒާމުތައް ގާއިމު ކުރެވިފައިވާ ކަމަށެވެ. އަދި އެކަންކަން ބަލަން ފުލުހުން ފުރުސަތު ދޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު