މިދިޔަ ހަފުތާތެރޭ 1،202 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެެޖެންސީ (އެޗްޕީއޭ) އިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެޗްޕީއޭއިން މިއަދު ވަނީ މިދިޔަ ހަފުތާގައި ކޮވިޑް ޖެހުނު މީހުންގެ ތަފާސް ހިސާބުތައް ހާމަކޮށްފައެވެ. އެޗްޕީއޭއިން ބުނީ ޖޫން 19 އިން 25އާ ހަމައަށް މުޅި ރާއްޖޭން 1202 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 528 މީހަކާއި، އަތޮޅުތެރޭގެ ރަށްތަކުން 452 މީހެއްގެ އިތުރުން ސަފާރީތަކާއި ރިސޯޓްތައް ހިމެނޭހެން އެހެނިހެން ތަންތަނުން 222 މީހުން ކަމަށް އެޗްޕީއޭ އިން މައުލޫމާތުދެއެވެ.
ހުސްވި ހަފުތާގެ ތަފާސް ހިސާބުތަކަށް ބަލާއިރު ކޮވިޑަށް ޓެސްޓުކުރި މީހުންގެ ތެރެއިން 35 ޕަސަންޓު މީހުން ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. މިދިޔަ ހަފްތާގައި ޖުމްލަ 51 މީހަކު ވަނީ ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފަ އެވެ.
މިދިޔަ ހަފުތާގައި އެކަނިވެސް ކޮވިޑް ބަލީގައި ރާއްޖެ އިން 5 މީހަކު ވަނީ ނިޔާވެފައެވެ.

✴️Weekly COVID-19 Cases pic.twitter.com/yD5dMx6zF6
— Health Protection Agency (@HPA_MV) June 27, 2022
އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 528 މީހަކާއި، އަތޮޅުތެރޭގެ ރަށްތަކުން 452 މީހެއްގެ އިތުރުން ސަފާރީތަކާއި ރިސޯޓްތައް ހިމެނޭހެން އެހެނިހެން ތަންތަނުން 222 މީހުން ކަމަށް އެޗްޕީއޭ އިން މައުލޫމާތުދެއެވެ.
ހުސްވި ހަފުތާގެ ތަފާސް ހިސާބުތަކަށް ބަލާއިރު ކޮވިޑަށް ޓެސްޓުކުރި މީހުންގެ ތެރެއިން 35 ޕަސަންޓު މީހުން ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. މިދިޔަ ހަފްތާގައި ޖުމްލަ 51 މީހަކު ވަނީ ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފަ އެވެ.
މިދިޔަ ހަފުތާގައި އެކަނިވެސް ކޮވިޑް ބަލީގައި ރާއްޖެ އިން 5 މީހަކު ވަނީ ނިޔާވެފައެވެ.
ކިޔުންތެރިންގެ ހިޔާލު