އެއްޖިންސުން ގުޅުން ހިންގަމުން ގެންދިޔަ މަޝްހޫރު ކޮޓަރިއަށް ގެންދިޔައީ އޮޅުވާލައިގެން ކަމަށާއި އެއްވެސް ޖިންސީ އަމަލެއް ހިންގައިފައިނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުހަންމަދު ނަޝީދު (ކާނަލް) ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ބިދޭސީ އަކާއި އެކު އެއް ޖިންސުން ޖިންސީ ގުޅުން ހިންގާ ވީޑިއޯ ލީކްވި ކޮޓަރީގައި ކާނަލް ނަޝީދު ހުންނަ ފޮޓޯތަކެއް ޝޯޝަލް މީޑިޔާގައި ވަނީ ދައުރުވާން ފަށާފައެވެ. އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުހަންމަދު ނަޝީދު (ކާނަލް) ވިދާޅުވީ، ދައުރުވަމުންދަނީ އޭނާގެ ފޮޓޯތަކެއް ކަމަށާއި އެ ކޮޓަރިއަށް އޭނާ ގެންދިޔައީ ވިޔަފާރި މީޓިން އެއް ކަމަށް ބުނެ އޮޅުވާލައިގެން ކަމަށެވެ. އަދި އެ ކޮޓަރީގައި އެއް ޖިންސުން ޖިންސީ ގުޅުން ނުހިންގާ ކަމަށް ކާނަލް ވިދާޅުވިއެވެ. އެކޮޓަރީގައި އޭނާ ހުރި ފޮޓޯތައް ލީކްކޮށްލާނެ ކަމަށް ބުނެ ދެލައްކަ ޑޮލަރު ހޯދަން ހުށަހެޅި ކަމަށްވެސް ކާނަލް ނަޝީދު ވިދާާޅުވިއެވެ.
"އަޅުގަނޑު އެކަމުން ބަރީއަވަން، އެ މީހުން މި ފޮޓޯތައް ލީކް ކޮށްލާނެ ކަމުގެ ބިރުދެއްކި. އަދި ދެ ލައްކަ ޑޮލަރު ހޯދަން އެދުނު. އަޅުގަނޑު ބުނިން ލީކްކޮށްލާށޭ. ލާރިއެއް ނުލިބޭނެއޭ. އަޅުގަނޑުގެ ބަރަހަނާ ފޮޓޯއެއް ނުހުންނާނެ އިރާދަކުރެއްވިއްޔާ." ޑީއާރުޕީގެ ލީޑަރު ކަން ވެސް ކުރެއްވި ނަޝީދު ވިދާޅުވިއެވެ.
ނާޒިމް ސައްތާރުގެ އިތުރުން ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަނދުން ހުސެއިން ކަމަށް ބެލެވޭ މީހަކު އަންހެނަކާއި އަދި އިތުރު ފިރިހެނަކާއެކު ފެންނަ ބަރަހަނާ ފޮޓޯއެއްގެ މައްސަލަ ވެސް ފުލުހުން ވަނީ ތަހުގީގު ކުރަން ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު