ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ އަދަދަށް މެންބަރުން ހަމަނުވާތީ އުވާލުމަށް ނޯޓިސްދީފައިވަނިކޮށް ޑިއާރުޕީއިންވެސް އެ އަދަދަށް މެންބަރުން ހަމަކޮށް ޕާޓީ ސަލާމަތް ކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ 3000 މެމްބަރުން ހަމަނުވާތީ އުވާލަން ނޯޓިސް ދީފައިވާ މުއްދަތުގެ ތެރޭގައި، ދިވެހި ރައްޔިތުންގެ ޕާޓީ، ޑީއާރުޕީން 3000 މެންބަރުން ހަމަކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެ ޕާޓީ އުވާނުލާން ނިންމާފައިވާކަމުގެ ރަސްމީ ލިޔުން 27 ޖޫންގައި އެ ޕާޓީއަށް ފޮނުވާފައިވާކަމަށް ކޮމިޝަނުންވަނީ ބުނެފައެވެ.
ގާނޫނުގައި ބުނާގޮތަށް ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި މަދުވެގެން 3000 މެންބަރުން ތިބެންޖެހެއެވެ. ޑީއާރުޕީގެ އިތުރުން، އެމްޓީޑީ އަދި އެމްއާރްއެމަށްވެސް އިލެކްޝަނުން ނޯޓިސް ފޮނުވިއެވެ. ނަމަވެސް ކޮމިޝަނުން ދިން މުއްދަތުގެ ތެރޭގައި އެ ޕާޓީތަކުން ވެސް 3000 މެންބަރުން ވަނީ ހަމަކޮށްފައެވެ.
އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި މިހާރުވެސް 11 ސިޔާސީ ޕާޓީއެއް އެބައޮތެވެ. ނަމަވެސް އޭގެތެރެއިން ގިނަ ޕާޓީތަކަކީ 10،000 މެންބަރުން ވެސް ހަމަނުވާ ޕާޓީތަކެވެ.

ކިޔުންތެރިންގެ ހިޔާލު