މިހާރު މީސްމީޑިއާގައި ދައުރުވަމުންދާ ބަދުއަހުލާގީ ވީޑިއޯތަކާއި ގުޅިގެން އެ ކަންކަމުގައި ޝާމިލުވެފައިވާ ފަރާތްތަކުން މަގާމުތަކުން އިސްތިއުފާ ދޭން މޯލްޑިވްސް ރިފޯމް މޫވްމަންޓް، އެމްއާރްއެމުން ގޮވާލައިފިއެވެ.

އެ ޕާޓީން މިފަދައިން ގޮވާލާފައިވަނީ، ރާއްޖޭގެ ނުފޫޒުގަދަ ސިޔާސީ ބައެއް ފަރާތްތައް ހިމެނޭހެން އެއްޖިންސުން ގުޅުންހިންގާ ފޮޓޯއާއި ވީޑިއޯތަކެއް އާންމުވެ އެކި ފަރާތްތައް ބޭޒާރުވަމުންދާ ދަނޑިވަޅެއްގައެވެ. އެ ޕާޓީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފަހަކަށް އައިސް ދިވެހި މުޖުތަމައުގައި އެކިއެކި ފާހިޝް އަމަލުތަކަށް އަރައިގަތުން އިތުރުވެ އެފަދަ އަމަލުތައް ހިންގާތަން ފެންނަ ފޮޓޯއާއި ވީޑިއޯ މީސްމީޑިއާގައި ދައުރުވަމުން ދިއުމަކީ އެ ޕާޓީން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.

އެހެންކަމުން، އެފަދަ އަމަލުތައް ހިންގާ މީހުންގެ މައްސަލަ، ވަކި މީހަކަށް ނުބަލާ، ތަފާތު ކުރުމެއް ނެތި، ހަމަހަމަ އުސޫލެއްގެ ދަށުން ކަމާބެހޭ ފަރާތްތަކުން ހާއްސަ އިސްކަމެއް ދީގެން އަވަހަށް ބަލައި، ގާނޫނީ ފިޔަވަޅުތައް އެޅުމަށް ބަޔާނުގައި ވަނީ ގޮވާލާފައެވެ. އަދި އެފަދަ އަމަލު ހިންގާ މީހުން ނިސްބަތްވާ މުއައްސަސާތަކުން އެމީހުންނާމެދު އެކަށޭނެ ފިޔަވަޅު އެޅުމަށާއި އެފަދަ މީހުން ދައުލަތުގެ އިސް މަގާމުތަކުން އިސްތިއުފާ ދިނުމަށް ވެސް އެމްއާރްއެމުން ވަނީ ގޮވާލާފައެވެ.



އެމްއާރްއެމުން ބުނީ، އެފަދަ ފަރާތްތައް ދައުލަތުގެ އިސް މަގާމުތަކާއި ޒިންމާތަކުން އެކަހެރި ވުމަކީ ދައުލަތުގެ ބާރުތަކާއި މުއައްސަސާތަކާއި، އަދި ސިޔާސީ ޕާޓީތަކާމެދު ގެއްލިފައިވާ ރައްޔިތުންގެ އިތުބާރު އަލުން އިއާދަ ކުރުމަށް ކޮންމެހެންވެސް މުހިންމު ކަމެއްކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު


12

ޙިބަރު

01-Jul-2022

ޟަނިކުފާނު ހާދަދުވަހަކު ގައުމުގެ ކަންކަމާ މެދު ފިކުރު ފުޅު ނުކުރައްވާ ހުންނަވާފާ މުސުން ކައިރި ވާވަތީތޯ ގައުމު ތިޔަ ފެނިވަޑައިގަތީ މީގެކުރިންވެސް އެތަ އެތައްކަމެއް ހިގައިފި ކޮބަތޯ މަނިކުފާޕނު