ބަންގްލަދޭޝްގައި މިހާތަނަށް ހުޅުވި އެންމެ ދިގު ބްރިޖު، ޕަދްމާ ބްރިޖު ހުޅުވައިފިއެވެ.
ހޮނިހިރުދުވަހު ބޭއްވި ރަސްމިއްޔާތެއްގައި މި ބްރިޖު ހުޅުވައިދެއްވީ ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާއެވެ.
4 ބިލިއަން ޑޮލަރުގެ މި ބްރިޖަކީ ޕަދްމާ ކޯރު ހުރަސްކޮށް ވެރިރަށް ޑާކާއާއި ތަރައްޤީނުވެ އޮތް ބަންގްލަދޭޝްގެ ހުޅަނގު ދެކުނުގެ ސަރަހައްދުގެ 21 ޑިސްޓްރިކްޓެއް ގުޅުވައިދޭ ބްރިޖެކެވެ. އަދި މި ބްރިޖާއެކު ދަތުރުފަތުރުގެ ވަގުތު އެތައް ގުނައަކުން ކުޑަވެގެންދާނެއެވެ.
2015 ވަނަ އަހަރު ބިނާކުރަން ފެށި 6.15 ކިލޯ މީޓަރުގެ މި ބްރިޖަކީ ބަންގްލަދޭޝްގައި މިހާތަނަށް ބިނާކުރި އެންމެ ދިގު ބްރިޖެވެ.
ދެ ލެޔަރ ނުވަތަ ދެ ޑެކް ހިމެނޭ މި ބްރިޖުގެ މަތީ ބައިގައި ދަތުރުކުރުމަށް 4 ލޭނު އޮންނައިރު، ތިރީބަޔަކީ ރޭލު ދަތުރުކުރެވޭ ގޮތަށް ހަދާފައިވާ ބައެކެވެ.
4 ބިލިއަން ޑޮލަރުގެ މި މަޝްރޫޢަކީ ބަންގްލަދޭޝް ސަރުކާރުން ހަރަދުކޮށްގެން މިހާތަނަށް ކުރިއަށްގެންދިޔަ އެންމެ ބިޔަ މަޝްރޫއެވެ.
މި ބްރިޖު ބިނާކޮށްފައިވަނީ ޗައިނާގެ ރެއިލްވޭ މޭޖަރ ބްރިޖް އިންޖިނިއަރިންގ ގްރޫޕުންނެވެ. ބްރިޖު ބިނާކުރުމުގެ މަސައްކަތުގައި ބަންގްލަދޭޝްގެ 1200 މަސައްކަތްތެރިން ބައިވެރިވިއެވެ.

ކިޔުންތެރިންގެ ހިޔާލު