ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ފޯނު ބިލު ދައްކައިދެއްވާނަމަ މެމްބަރުން ގުޅުއްވުމުން ވަގުތުން ފޯނަށް ޖަވާބު ދެއްވާނެކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.
ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް މިހެން ވިދާޅުވީ ކަންކަމާއި ގުޅުއްވީމަ މަހްލޫފް ފޯނު ނުނަންގަވާކަމަށް ބައެއް މެމްބަރުން ވިދާޅުވުމުންނެވެ.
ވަޒީރުންނާއި ސުވާލުކުރުމުގެ ވަގުތުގައި ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމް ވަނީ މިނިސްޓަރަށް ދާއިރާގެ ކަންކަމުގައި ފޯނުކުރުމުން ފޯނު ނަންގަވާނީ މެންބަރުން ކޮން ކަމެއް ކިހިނެއް ހެދީމައިތޯ ވިދާޅުވެ ސުވާލު ކުރައްވާފައެވެ.
މެމްބަރުގެ ސުވާލާއި ގުޅިގެން ޖަވާބުގައި މިނިސްޓަރު މަޙުލޫފު ވިދާޅުވީ އޭނާގެ ފޯނު ބިލު މެންބަރުން ދައްކަވައިދެއްވާނަމަ މެމްބަރުން ގުޅުއްވުމުން ވަގުތުން ފޯނަށް ޖަވާބުދެއްވާނެ ކަމަށެވެ.
"އަޅުގަނޑުގެ ފޯނު ބިލު ދައްކަންޏާ، ހަމަ ގުޅުއްވާއިރަށް ޖަވާބު ދޭނަން" މެންބަރުންނާ ޖަދަލު ކުރެއްވުމުގެ ރާގެއްގައި ވަރަށް ރުންކުރުކޮށް ޖަވާބު ދެއްވަމުން މަހުލޫފު ވިދާޅުވިއެވެ.
މަހްލޫފް ވިދާޅުވީ އޭނާއަށް ލިބޭ ފޯނު ކޯލްތަކުގެ 90 އިންސައްތަ ފޯނު ކޯލަށް ޖަވަބު ދެއްވާ ކަމަށެވެ. ނަމަވެސް ހުރިހާ ކޯލަކަށް ޖަވާބުދެއްވާނެ ކަމަށް އެ ބޭފުޅުން އުންމީދު ނުކުރެއްވުމަށްވެސް މަހުލޫފު އެދިވަޑައިގަތެވެ. އަދި ގަސްތުގައި މެންބަރުންގެ ފޯނު ކޯލަށް ޖަވާބުނުދެއްވާ ކަމަށް ވިސްނައިދެއްވަން ސުވާލުކުރެއްވުމަކީ ރަނގަޅު ކަމެއް ނޫން ކަމަށްވެސް މަހްލޫފް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު