ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ސަސްޕެންޝަން އުވާލުމާއިމެދު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް، އެފްއޭއެމްގެ އެކްސްކޯއިން ގޮތެއް ނިންމުން ބުރާސްފަތި ދުވަހު ބާއްވާ ބައްދަލުވުމަށް ތާވަލުކޮށްފިއެވެ.
ދަރަނިން ސަލާމަތްވެ އަލުން ކުލަބް ކޮޅަށް ޖެހުމަށްޓަކައި އައު ހިންގާ ބޯޑެއް އެކުލަވާލައިގެން ހަރަކާތްތެރިވާން ފެށުމުން، އެފްއޭއެމުން މި މަހު 6 ވަނަ ދުވަހު ބޭއްވި ކޮންގްރެސްގައި ވަނީ ނިއު އިން ދަރަނީގެ ކަންކަން ނިންމިހާ އަވަހަކަށް އެ ކްލަބްގެ ސަސްޕެންޝަން އުވާލުމުގެ ބާރު އެފްއޭއެމްގެ އެކްސްކޯ (ހިންގާ ކޮމިޓީ) އަށް ދޭން ނިންމާފައެވެ. ސަބަބަކީ ދަރަނީގެ ކަންކަން ހައްލުކުރިނަމަވެސް، ކޮންގްރެސްއަކުން ނިއު އާ މެދު ގޮތެއް ނިންމަން މަޑުކުރަން ޖެހިއްޖެނަމަ ގިނަ ދުވަސްތަކެއް ބޭކާރުވެގެން ދާނެތީއެވެ.
އެފްއޭއެމުން މިއަދު ބޭއްވި ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި ވަނީ ނިއުގެ ސަސްޕެންޝަނާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. އެގޮތުން، ނިއު އިން ދިވެހި ކުޅުންތެރިންނަށް ދޭން ޖެހޭ ފައިސާގެ ކަންކަމުގައި އަދި ރިވިއުކުރަންޖެހޭ ކަންކަން ހުރުމުން އެކަންކަން ނިންމުމަށްފަހު ގޮތެއް ނިންމުމަށްޓަކައި، މި ހަފްތާގެ ބުރާސްފަތި ދުވަހަށްވަނީ އިތުރު ޖަލްސާއަކަށް އެޖެންޑާ ކޮށްފައެވެ. އެ ބައްދަލުވުމުގައި ނިއުގެ ސަސްޕެންޝަނާމެދު ގޮތެއް ނިމިގެންދާނެކަމަށް އެފްއޭއެމުން ބުނެއެވެ.
ނިއުއިން މީގެކުރިން މައުލޫމާތު ދިންގޮތުގައި، އެ ކުލަބުން ދިވެހި ކުޅުންތެރިންނަށް ދޭންޖެހިފައިވާ ފައިސާ އަދާކޮށް ނިންމުމަށް މިހާރުވަނީ ސެޓްލްމެންޓް އެގްރީމެންޓްތަކަކާ ހަމައަށް ދެވިފައެވެ. އެގޮތުން، ބައެއް ކުޅުންތެރިންނަށް ދޭންޖެހޭ ފައިސާ މަސްތަކަކަށް ބަހާލައިގެން ދޭން އެއްބަސްވެފައިވާކަމަށް ކްލަބުން އޭރު ހާމަކޮށްފައިވެއެވެ.
ޖުލައިމަހު ކުޅޭ ދެވަނަ ޑިވިޝަންގެ ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމަށް ނިއުއިން މިހާރު ވެސް ދަނީ ފަރިތަކުރުންތައް ނުރަސްމީކޮށް ބާއްވަމުންނެވެ. އެގޮތުން، ބިދޭސީ 4 ކުޅުންތެރިއަކު ގެންނަން ހަމަޖެހިފައިވާއިރު އޭގެ ތެރެއިން 2 ކުޅުންތެރިއަކު މިހާރުވަނީ ރާއްޖެއައިސް ޓީމާ ގުޅިފައެވެ.
ރާއްޖޭގެ އެންމެ މަގުބޫލު އެންމެ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ނިއުގެ އައު ބޯޑާއިއެކު އަލުން ކުލަބް ހިންގަން ފަށާފައިވާއިރު، މަދު ދުވަސްކޮޅެއްގެ ތެރޭގައި އެ ކުލަބުންވަނީ، ކުރިން އެ ކުލަބުގައި ކުޅުނު ބިދޭސީ ކުޅުންތެރިންނަށް ދޭންޖެހޭ 3.3 މިލިއަން ރުފިޔާ ފީފާއަށް ދައްކާފައެވެ. އެހެންކަމުން ފީފާއިން މިހާރުވަނީ ފީފާއިން އެކުލަބާމެދު އަޅާފައިވާ ފިޔަވަޅުތައް އުވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު