ޒަހީނުއްދީން ސަޢީދު   28 ޖޫން 2022 - 22:9
ކުރީގެ ނައިބް ރައީސް އަދި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ)ގެ ރައީސް އަހްމަދު އަދީބް ކޮވިޑަށް ޕޮޒިވިވް ވެއްޖެ އެވެ.

އެމްޓީޑީ އިން ބުނީ 20 އަހަރުގެ ޖަލުގެ ހުކުމެއް ތަންފީޒުކުރަމުން ގެންދާ އަދީބު ބަލިވެގެން އައިޖީއެމްއެޗްގެ ފްލޫ ކްލިނިކުން ޓެސްޓު ކުރިއިރު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދީބަކީ ގިނަ ބަލިތަކަކަށް ފަރުވާ ކުރަމުންދާ ކޮވިޑްގެ ހައި ރިސްކް ޕޭޝަންޓެއް ކަމަށް އެމްޓީޑީން މައުލޫމާތުދެއެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް 1.3 ބިލިއަން ރުފިޔާ އަށް ހިޔާނާތްތެރިވިކަން ސާބިތުވެ އަދީބު 20 އަހަރަށް ޖަލަށް ލާން ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އެހެން ނަމަވެސް އަދީބު ހުކުމް ތަންފީޒު ކުރަނީ ގޭބަންދުގައި ހުންވައިގެންނެވެ. އަދީބު ގޭ ބަންދަށް ބަދަލުކުރީ އޭނާ ނިދުމަށް ވަކި މެޝިނެއް ބޭނުން ކުރުމަށް ޑޮކްޓަރު ލަފާދެއްވާފައިވާތީ އެ މެޝިން ޖަލުގައި ބޭނުންނުކުރެވޭތީ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


3

ވަގު

01-Jul-2022

މީނަ ގެ ވާހަކަ އަޑުއަކަށް ކިޔާކަށް ބޭނުމެއް ނުން



ޓްރެންޑިން