ފެމިލީ ކޯޓު ހިންގުން އެ ކޯޓުގެ ގާޒީ އިބްރާހީމް މާހިރާ ވަގުތީގޮތުން ހަވާލުކޮށްފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީން މިއަދު ބުނީ، ފެމިލީ ކޯޓު ހިންގުން އެ ކޯޓުގެ ގާޒީ އިބްރާހީމް މާހިރާ ވަގުތީގޮތުން ހަވާލުކުރީ، އެ ކޯޓުގެ އިސްގާޒީގެ މަގާމުގައި ހުންނެވި އަލްއުސްތާޛާ ޙުޒައިފާ މުޙައްމަދު ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަނުކުރެއްވުމާއި ގުޅިގެން ކަމަށެވެ.

ފެމެލީ ކޯޓު ހިންގުން ގާޒީ މާހިރާއި ހަވާލު ކުރީ، މިއަދު ބޭއްވި އެ ކޮމިޝަނުގެ 45 ވަނަ ބައްދަލުވުމުގައެވެ.

ޙުޒައިފާ މުޙައްމަދު ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރެއްވީ އިއްޔެއެވެ. އެއާއިއެކު ގާޒީ ހުޒައިފާ ވެފައިވަނީ އަންހެން ފަނޑިޔާރުންގެ ތެރެއިން ސުޕީރިއާ ކޯޓެއްގެ އިސް ގާޒީގެ މަގާމަށް އައްޔަންކުރި ފުރަތަމަ ގާޒީއަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން