ގަވާއިދާ ޚިލާފަށް ޖަނަވާރުތަކެއް ވަގަށް ބޭރުކުރަން އުޅުނު އިންޑިޔާގެ ދެ އަންހެނަކު ތައިލެންޑު އެއަރޕޯޓުންޣ ހިފަހައްޓައިފިއެވެ.
ތައިލެންޑުގެ ކަމާ ބެހޭ ވުޒާރާތަކުން ހާމަކޮށްފައިވާ ގޮތުގައި އެއަރޕޯޓަށް ފުރަން އައި މިދެ އަންހެނުންގެ ފޮށިތައް ބަލާ ފާސްކުރިއިރު 109 ދިރޭ ޖަނަވާރު ފެނިފައިވެއެވެ. މީގެ ތެރޭގައި 2 އާމަޑިލޯސް، 2 ވައިޓް ޕޯކުޕައިން، 50 ލިޒަރޑް، 35 ވެލާ، އަދި 20 ހަރުފަ ފެނިފައިވެއެވެ.
އުމުރުން 38 އަހަރުގެ ނިއްތިޔަ ރާޖާ އަދި 24 އަހަރުގެ ޒަކިއްޔާ ސުލްތާނާ އިބްރާހީމްގެ ދާގީނާ ބަލާ ފާސްކޮށްފައިވަނީ ތައިލެންޑުން އިންޑިއާއަށް ދާން ފުރަން އެއަރޕޯޓަށް ގޮސް، ފޮށިތައް ސެކިއުރިޓީ ސްކޭން ކުރުމުން އެފަދަ ކަމަކަށް ތުހުމަތު ކުރެވިގެންނެވެ. މިދެ އަންހެނުން މިހާރު ވަނީ ތައިލެންޑުގެ ގާނޫނާ ހިލާފަށް ޖަނަވާރު ވަގަށް ގެންދަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު