ހިންދޫ ދީނާ ދެކޮޅަށް ޓްވީޓް ކުރި އިންޑިއާގެ ނޫސްވެރިއަކު އިންޑިއާގެ ފުލުހުން ހައްޔަރުކޮށްފިއެވެ.

މުހައްމަދު ޒުބައިރު ނަމަކަށް ކިޔާ މި ނޫސްވެރިޔާ ހައްޔަރުކޮށްފައިވަނީ ހިންދޫ ދީނަށް ފުރައްސާރަކޮށްފައިވާތީ ކަމަށް ތުހުމަތުކޮށެވެ. މިކަމާ ގުޅިގެން އިންޑިއާގެ ނޫސްވެރިންނާއި އިންޑިއާ ސަރުކާރާ އިދިކޮޅު ފަރާތްތަކުން ވަނީ ހިންދޫ ނެޝަނލިސްޓު ސަރުކާރާ ދެކޮޅަށް ބަސްބުނާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އެޅުން ހުއްޓާލުމަށް ގޮވާލާފައެވެ.

އިންޑިއާގައި ވެރިކަން ކުރާ ޕާޓީ، ބީޖޭޕީގެ ބަޔަކު މިފަހަކުން އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކުރި ހާދިސާ އާއި އެހާދިސާއާއި ގުޅިގެން ބީޖޭޕީގެ ތަރުޖަމާނު ދެއްކި ވާހަކަ ތައް ފާހަގަކޮށް ޒުބައިރު ކުރި ޓްވީޓްތަކަށްވެސް ގިނަ ބައެއްގެ ސަމާލުކަން ލިބިގެން ދިޔައެވެ. ހާއްސަގޮތެއްގައި ބައިނަލްއަގުވާމީ ގޮތުން ގިނަބައެއްގެ ސަމާލުކަމަށްވެސް ޒުބައިރުގެ ޓްވީޓްތައް އައެވެ.

ޒުބައިރު ހައްޔަރުކުރުމާއިއެކު އިންޑިއާގެ ހިންދޫ ނެޝަނަލިސްޓުން ދަނީ ހިންދޫ ދީނަށް ފުރައްސާރަ ކުރިކަމުގެ ތުހުމަތުގައި ޒުބައިރަށް ގާނޫނީ ގޮތުން ފިޔަވަޅު އެޅުމަށްވެސް ގޮވާލަމުންނެވެ. ނަމަވެސް ޒުބައިރު ހައްޔަރު ކުރި ސީދާ ސަބަބު އެނގޭން ފަދަ ލިއުމެއް ޒުބައިރުއަށްވެސް، އަދި އޭނާ މަސައްކަތްކުރާ ނިއުސް އޭޖެންސީއަށްވެސް ލިބިފައި ނުވާކަމަށްވެއެވެ.

އިންޑިއާގެ ފުލުހުން މިހާރު ވަނީ ޒުބައިރު ހައްޔަރުކޮށް ކޯޓު އަމުރެއްގެ ދަށުން އޭނާގެ ބަންދުގެ މުއްދަތުވެސް އިތުރުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން