ފާދިއްޕޮޅުގައި ތަރައްޤީކުރަމުންދާ ޓާޝަރީ ހޮސްޕިޓަލްގެ މަސައްކަތް މިއަހަރު ފަހުކޮޅު ނިމިގެންދާނެކަމަށް މިނިސްޓަރ އޮފް ހެލްތު އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ހެލްތު މިނިސްޓަރ ނަސީމް ވިދާޅުވީ ޅ. އަތޮޅު ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް ދާކަމަށާއި، ބަޖެޓްގެ ދަތިކަމާއިހުރެ މަސައްކަތް ލަސްވެގެންދިޔައީކަމަށެވެ.
މިނިސްޓަރ ވިދާޅުވީ މިހާރު ހޮސްޕިޓަލްގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި އެ މަސައްކަތް މިއަހަރުގެ ފަހުކޮޅު ނިމޭނެކަމަށެވެ. އަދި ނައިފަރު ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތުގެ ދަށުން ޚިދުމަތް ފުޅާ ކުރުމަށް ބޭނުންވާ ޑޮކްޓަރުން އެ ހޮސްޕިޓަލަށް ފޮނުވާފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ޅ. އަތޮޅު ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހްގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނިގެން ކުރިއަށްގެންދާ މަސައްކަތެކެވެ.

ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް، މިނިސްޓަރ އޮފް ހެލްތް އަލްފާޟިލް އަޙްމަދު ނަސީމްއާ ސުވާލުކުރެއްވުން pic.twitter.com/FUW7F6zNy7
— People's Majlis (@mvpeoplesmajlis) June 29, 2022
މިނިސްޓަރ ވިދާޅުވީ މިހާރު ހޮސްޕިޓަލްގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި އެ މަސައްކަތް މިއަހަރުގެ ފަހުކޮޅު ނިމޭނެކަމަށެވެ. އަދި ނައިފަރު ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތުގެ ދަށުން ޚިދުމަތް ފުޅާ ކުރުމަށް ބޭނުންވާ ޑޮކްޓަރުން އެ ހޮސްޕިޓަލަށް ފޮނުވާފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ޅ. އަތޮޅު ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހްގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނިގެން ކުރިއަށްގެންދާ މަސައްކަތެކެވެ.
ކިޔުންތެރިންގެ ހިޔާލު