ކ. މާފުށީގެ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް އެ ރަށަށް ގެންގޮސްފައިވާ ޓްރާންސްފޯމަރުތައް އިންސްޓޯލްކޮށް ބޭނުންކުރަން ފަށައިފިއެވެ.
މާފުށްޓަށް ކަރަންޓުގެ ހިދުމަތްދޭ، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނީ، މާފުށީގެ އިތުރުވަމުން އަންނަ ޑިމާންޑާއި އެއްވަރަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި، އެ ރަށުގެ ދެ ސަރަހައްދެއްގައި އަލަށް ބަހައްޓާފައިވާ ޓްރާންސްފޯމަރުތައް ކޮމިޝަން ކުރެވި މިހާރު ވަނީ ލޯޑްދެވިފައި ކަމަށެވެ.
އެގޮތުން މާފުށީގެ ކުޑަ މިސްކިތާއި، ގެސްޓް ހައުސްތައް ހުންނަ ސަރަހައްދުގައި އަލަށް ބަހައްޓާފައިވާ މި ޓްރާންސްފޯމަރުތަކާއިއެކު، މާފުށީގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގަ އިތުރަށް ފުރިހަމަ ކުރެވި، އެކަމުގެ ފަސޭހަތައް މާފުއްޓަށް ލިބިގެންދާނެކަމަށް އެ ކުންފުނިން ބުނެއެވެ.
މާފުށީގެ ކަރަންޓު ވިއުގައިގެ މައްސަލަ ހައްލު ކުރުމަށް ސްޓެލްކޯއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ކަރަންޓުގެ ހިދުމަތް ދިނުމުގެ އިތުރުން، އެ ރަށުގެ ކުނި މެނޭޖް ކުރުމުގެ މަސައްކަތާވެސް މިހާރުވަނީ ސްޓެލްކޯއިން ހަވާލުވެފައިކަން ފާހަގަ ކޮށްލެވެއެވެ.

މާފުށީގެ އިތުރުވަމުން އަންނަ ޑިމާންޑާއި އެއްވަރަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި، އެ ރަށުގެ ދެ ސަރަހައްދެއްގައި އަލަށް ބަހައްޓާފައިވާ ޓްރާންސްފޯމަރުތަށް ކޮމިޝަން ކުރެވި މިހާރު ވަނީ ލޯޑްދެވިފައި. އެގޮތުން މާފުށީގެ ކުޑަ މިސްކިތާއި، ގެސްޓް ހައުސްތައް ހުންނަ pic.twitter.com/gDkRmBbVBZ
— STELCO (@STELCOMALDIVES) June 29, 2022
މާފުށީގެ ކަރަންޓު ވިއުގައިގެ މައްސަލަ ހައްލު ކުރުމަށް ސްޓެލްކޯއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ކަރަންޓުގެ ހިދުމަތް ދިނުމުގެ އިތުރުން، އެ ރަށުގެ ކުނި މެނޭޖް ކުރުމުގެ މަސައްކަތާވެސް މިހާރުވަނީ ސްޓެލްކޯއިން ހަވާލުވެފައިކަން ފާހަގަ ކޮށްލެވެއެވެ.
ކިޔުންތެރިންގެ ހިޔާލު