ކިއުބާގެ ޑޮކްޓަރުންގެ ޓީމެއް މިއަދު ރާއްޖެ އައިސްފައިވާ ކަަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.
ހެލްތު މިނިސްޓްރީން ބުނީ މިއީ ރާއްޖެއަށް ބޭނުންވާ ސްޕެޝަލިސްޓް ޑޮކްޓަރުން ހޯދަން ރާއްޖެއާއި ކިއުބާ ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ރާއްޖެ އައި ޑޮކްޓަރުންގެ ފުރަތަމަ ބެޗް ކަމަށެވެ.
އެގޮތުން މިއަދު ރާއްޖެ އައި ޑޮކްޓަރުންގެ ޓީމުގައި ހިމެނެނީ ހަތަރު ސްޕެޝަލިސްޓް ޑޮކްޓަރުންް ކަމަށް ހެލްތް މިނިސްޓްރީން ހާމަކުރެއެވެ. އަދި އަންނަ މަހުގެ ތިންވަނަ ދުވަހު 12 ސްޕެޝަލިސްޓް ޑޮކްޓަރުން ރާއްޖެ އަންނާނެ ކަމަށް ހެލްތް މިނިސްޓްރީން މައުލޫމާތުދެއެވެ.
މި ޑޮކްޓަރުންގެ ތެރޭގައި މޯލްޑިވިއަން ބްލަޑް ސާވިސަސްގައި މަސައްކަތް ކުރުމަށް އަންނަ ހެމޮޓޮލިޖިސްޓަކާއި، ނޭޝަނަލް ޑްރަގް އެޖެންސީގައި މަސައްކަތް ކުރުމަށް އަންނަ ސައިކޭޓްރިސްޓުންގެ އިތުރުން ދަމަނަވެށީގައި މަސައްކަތް ކުރުމަށް ފެމިލީ މެޑިސިން ޑޮކްޓަރަކާއި އަތޮޅުތަކުގެ ހޮސްޕިޓަލުތަކުގައި މަސައްކަތް ކުރުމަށް އަންނަ އެތެރެހަށީގެ ޑޮކްޓަރުންގެ އިތުރުން އޮޕަރޭޝަން ޑޮކްޓަރަކާއި، ހޭނައްތާ ޑޮކްޓަރުންގެ އިތުރުން ރޭޑިއޮލޮޖިސްޓުން ހިމެނެ އެވެ.
ކިއުބާ އަކީ ރާއްޖޭގެ އެކިއެކި ދާއިރާތަކަށް ބޭނުންވާ ސްޕެޝަލިސްޓް ޑޮކްޓަރުން ގެންނަ ގައުމެކެެވެ.

First batch of Cuban Medical Brigade arrives In Maldives. This is the first step of the Memorandum of Understanding signed between MOH & @MINSAPCuba in the area of Health Cooperation. @EmbaCubaSriLank pic.twitter.com/Wh8IzOmKqk
— Ministry of Health (@MoHmv) June 29, 2022
މި ޑޮކްޓަރުންގެ ތެރޭގައި މޯލްޑިވިއަން ބްލަޑް ސާވިސަސްގައި މަސައްކަތް ކުރުމަށް އަންނަ ހެމޮޓޮލިޖިސްޓަކާއި، ނޭޝަނަލް ޑްރަގް އެޖެންސީގައި މަސައްކަތް ކުރުމަށް އަންނަ ސައިކޭޓްރިސްޓުންގެ އިތުރުން ދަމަނަވެށީގައި މަސައްކަތް ކުރުމަށް ފެމިލީ މެޑިސިން ޑޮކްޓަރަކާއި އަތޮޅުތަކުގެ ހޮސްޕިޓަލުތަކުގައި މަސައްކަތް ކުރުމަށް އަންނަ އެތެރެހަށީގެ ޑޮކްޓަރުންގެ އިތުރުން އޮޕަރޭޝަން ޑޮކްޓަރަކާއި، ހޭނައްތާ ޑޮކްޓަރުންގެ އިތުރުން ރޭޑިއޮލޮޖިސްޓުން ހިމެނެ އެވެ.
ކިއުބާ އަކީ ރާއްޖޭގެ އެކިއެކި ދާއިރާތަކަށް ބޭނުންވާ ސްޕެޝަލިސްޓް ޑޮކްޓަރުން ގެންނަ ގައުމެކެެވެ.

COL
RSA
BIH
ކިޔުންތެރިންގެ ހިޔާލު