ނަފްސާނީ ބަލިމީހުންނަށް ފަރުވާދިނުމަށް ހާއްސަކޮށް ތަރައްގީކުރި ވޯޑު އައިޖީއެމްއެޗުގައި ހުޅުވައިފި އެވެ.
އައިޖީއެމްއެޗުން ބުނީ އެ ހޮސްޕިޓަލުގެ ސެންޓަ ފޯ މެންޓަލް ހެލްތުގެ ދަށުން، އެދުމަތިކޮށްގެން ފަރުވާދިނުމަށް ހާއްސަކޮށްފައިވާ ނުވަ އެދުގެ އެ ވޯޑުގައި ޑީއެސްކެލޭޝަން ކޮޓަރިއަކާއި، ބޭރަށް ނިކުމެވޭގޮތަށް ހަދާފައިވާ ޓެރަސް އެއްވެސް ހުންނާނެ ކަމަށެވެ.
މީގެ އިތުރުން ބަލިމީހުން ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ކަސްރަތުކުރާ މެޝިންތަކެއްވެސް އެ ވޯޑުގައި ހުރެއެވެ.
މެންޓަލް ހެލްތު ބަލިތަކަށް ހާއްސަކޮށް މަރުކަޒެއް ހުޅުވުމަކީ ރައީސް ސޯލިހުގެ ވެރިކަމުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭކަމެކެެެވެ. އެގޮތުން 2019ވަނަ އަހަރު އައިޖީއެމްޗުގައި ވަނީ މެންޓަލް ހެލްތު ކްލިނިކެއްވެސް މި ސަރުކާރުން ހުޅުވާފަ އެވެ.
ނަފްސާނީ ބަލިތަކަށް ހާއްސަ ވޯޑެއް އައިޖީއެމްޗުގައި ހުޅުވިގެންދާނެކަން ރައީސް ސާލިޙު ހާމަކުރެއްވީ މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެމަނިކުފާނު އިއްވެވި ރިޔާސީ ބަޔާނުގައެވެ.

ކިޔުންތެރިންގެ ހިޔާލު