ބައިނަލްއަގުވާމީ ޔޯގާ ދުވަހާއި ގުޅިގެން ގަލޮޅު ދަނޑުގައި ކުރިޔަށް ގެންދިޔަ ހަރަކާތަށް ހުރަސްއެޅި ހާދިސާ ހިނގުމުގައި ސަރުކާރުގެ އިހުމާލުތަކެއް އޮތްކަމުގެ ތުހުމަތުކޮށް، އެކަން ބެލުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީން ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.
އެމްއެންޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، 21 ޖޫން ގައި ހިނގި ހަމަނުޖެހުން ހިނގަން މެދުވެރިވި އަސްލަކީ އެކަމަށް ޒިންމާވާންޖެހޭ ސަރުކާރުގެ އިދާރާތަކުން ފުރިހަމައަށް ޒިންމާ އަދާ ނުކުރުން ކަމަށް ބެލެވޭތީ، އެކަންކަން ބަލާ، ސަރުކާރު ޖަވާބުދާރީ ކުރުމުގެ މަގުސަދުގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅައިދިނުން އެދި މިއަދު އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު ޢަބްދުﷲ ރިޔާޒު މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމެޓީއަށް މައްސަލައެއް ހުށަހަޅުއްވާފައިވާ ކަމަށެވެ.
އެ މައްސަލަ ހުށަހެޅި މައިގަނޑު ސަބަބުތަކުގެ ތެރޭގައި އެ ޕާޓީން ބުނެފައިވަނީ، ޔޯގާ ދުވަހަކީ މީގެ ކުރިންވެސް ރާއްޖޭގައި ފާހަގަ ކުރި ދުވަހެއްނަމަވެސް މިފަހަރު އެ ދުވަސް ފާހަގަކުރަން އުޅުމުން ދީނީ އިލްމުވެރިން ފާޅުކުރި ކަންބޮޑުވުންތަކާއިއެކުވެސް ސަރުކާރުން އެކަމަށް ދީނީ ނަޒަރިއްޔާތަކުން ރައުޔެއް ނެރެފައި ނުވުމަކީ، އެންމެ ފުރަތަމަ ހިނގި އިހުމާލު ކަމަށެވެ. އަދި ޔޯގާ ހެދުމާއި ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީން ފުލުހުންނަށް ފޮނުވިކަމަށް ބުނާ ސިޓީއަކީ އިޖުރާއަތްތަކާ ހިލާފަށް ފޮނުވި ސިޓީއެއްކަން މާފަހުން މިނިސްޓްރީން ބުނުމުން، އެކަމަކީ އެހާ ފަސޭހައިން ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް އެމްއެންޕީން ބުނެފައިވެއެވެ. ސަބަބަކީ އެ ސިޓީއަކީ ގޯސްކޮށް ފޮނުވާފައިވާ ސިޓީއެއްނަމަ ހާދިސާ ހިނގުމުގެ މާކުރިން އެ ސިޓީ އޮންނަންވާނީ ނަފީ ކުރެވިފައިކަމަށް ވުމެވެ.
މީގެ އިތުރުން ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަމަށް ބުރޫ އަރާފަދަ ހާލަތަކަށް ދިޔައިރުވެސް ދީނީ ފަތުވާ ނެރޭ މަޖިލީހުން އެކަމާ އަޅާނުލައްވާ މައްސަލައާއި، ހަމަނުޖެހުން ހިނގި ދުވަހު އެކަށީގެންވާ ސެކިއުރިޓީ އެތަނުގައި ގާއިމު ކޮށްފައި ނެތް މައްސަލައާއި، ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމަށް އިއުތިރާފުވެފައިވުންފަދަ މައްސަލަތައް އެމްއެންޕީން ފާހަގަކޮށްފައިވެއެވެ.
ޔޯގާ ހަރަކާތަށް ހުރަސްއަޅާ ހަމަނުޖެހުން ހިންގި މައްސަލާގައި ގިނަބަޔަކުވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ރާއްޖޭގެ މަޝްހޫދު ދެ ޝެއިޚަކުވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު