ތެލުގެ އަގު ބޮޑުވުމާއި ގުޅިގެން ކަމަށް ބުނެ މިހާރުވެސް ސަރުކާރުގެ އަގުތަކަށްވުރެ އެތައް ގުނައެއް ބޮޑުކޮށް ބޭނުން ގޮތަކަށް ދަތުރުކުރަމުން ގެންދާ މާލެ ސަރަހައްދުގައި ޓެކްސީ ދަތުރު ކުރާ ފަރާތްތަކުން ދަތުރުތަކުގެ އަގުތައް ބޮޑު ކުރަން މަޝްވަރާ ކުރަން ފަށައިފިއެވެ.
މާލޭގައި ޓެކްސީ ދަތުރު ކުރާ ބައެއް ޑްރައިވަރުން ބުނީ ތެލުގެ އަގު ދެތިން ފަހަރު ބޮޑުވިނަމަވެސް ޓްރާންސްޕޯޓް މިނިސްޓްރީން ޑްރައިވަރުންނާއި މެދު ވިސްނާފައި ނުވާ ކަމަށެވެ. އެހެން ކަމުން "ފިއުލް ސާޗާޖް" ގެ ނަމުގައި ކޮންމެ ދަތުރަކަށް އިތުރަށް ފައިސާ ނަގަން ނިންމާފައިވާ ކަަމަށް އާންމުންނާއި ޑްރައިވަރުން ތިބޭ ވައިބާ ގުރޫޕަކަށް ފޮނުވި މެސެޖެއްގައި ވަނީ ބުނެފައެވެ.
އެގޮތުން ޑްރައިވަރުން ބަދަލު ގެންނަން މަޝްވަރާ ކުރާ އަގުތަކަކީ:
މާލޭގެ އެތެރޭގެ ދަތުރުތަކަށް 40 ރުފިޔާ
ހުޅުމާލޭ އެތެރޭގެ ދަތުރުތަކަށް 40 ރުފިޔާ
ހުޅުމާލޭ ފުރަތަމަ ފިޔަވަހިން ދެވަނަ ފިޔަވައްސަށް 40 ރުފިޔާ
މާލެއިން ހުޅުމާލެއަށް 85 ރުފިޔާ
މާލެއިން ހުޅުމާލޭ ދެވަނަ ފިޔަވައްސަށް 95 ރުފިޔާ
މާލެއިން އެއާޕޯޓަށް 85 ރުފިޔާ
ހުޅުމާލޭއިން އެއާޕޯޓަށް 85 ރުފިޔާ
ހުޅުމާލޭ ދެވަނަ ފިޔަވަހިން އެއާޕޯޓަށް 100 ރުފިޔާ
މާލޭއިން ސީޕްލޭން ފަޅިއަށް 95 ރިފޔާ
ހުޅުމާލޭއިން ސީޕްލޭން ފަޅިއަށް 95 ރުފިޔާ
ދެވަނަ ފިޔަވަހިން ސީޕްލޭން ފަޅިއަށް 120 ރުފިޔާ
ޑްރައިވަރުން ބުނީ ރޭގަނޑު 12 ގެ ފަހުން 6 ޖެހުމާއި ހަމައަށް ކުރާ ކޮންމެ ދަތުރަކަށް އިތުރަށް 5 ރުފިޔާ ނަގާނެ ކަމަށާއި ކުރިއަށް އޮތް 2 އަހަރަށް ތެލުގެ ލީޓަރަކަށް 20 ރުފިޔާ ބޮޑުވިއަސް މިގޮތަށް ދަތުރު ކުރެވޭނެ ކަމަށެވެ.
މިނިސްޓްރީން ޑްރައިވަރުންނަށް އެއްބާރުލުން ނުދޭނަމަ، ހުރިހާ ޑްރައިވަރުން ވެސް އެކައްޗެއް ކިޔައިގެން އެ އަގުތައް ނަގައިފިނަމަ "ދާނީ ކުރިއަށް" ކަމަށް ވެސް އާންމުންނާއި ޑްރައިވަރުން ތިބޭ ވައިބާ ގުރޫޕަކަށް ފޮނުވި މެސެޖުގައިވެއެވެ.
މީގެ ކުރިން ވެސް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މަތިވުމާއި ގުޅިގެން ޓެކްސީ ދަތުރުތަކުގެ އަގު ބޮޑުކޮށްދިނުމަށް ޑްރައިވަރުން ވަނީ ޓްރާންސްޕޯޓް މިނިސްޓްރީގައި އެދިފައެވެ. ނަމަވެސް މިނިސްޓްރީން އަގު ބަދަލުކޮށް ނުދިނުމުގެ ސަބަބުން ބައެއް ޓެކްސީ ޑްރައިވަރުން ވަނީ ބޮޑު އަގުގައި ދަތުރު ކުރަން ފަށާފައެވެ. އަދި އޭރު މިނިސްޓްރީން ފިޔަވަޅެއް ވެސް އަޅާފައެއް ނުވެއެވެ. މިނިސްޓްރީން އޭރު ވަނީ އަގުބޮޑުކޮށް ކުރާނަމަ ޓެކްސީތަކުގެ ހުއްދަ ބާތިލު ކުރާނެ ކަމުގެ އިންޒާރު ދީފައެވެ.
ޓެކްސީ ގަވައިދުގެ 20 ވަނަ މާއްދާގައި ބުނާގޮތުން ޓެކްސީ ގަވާއިދާ ޚިލާފަށް ޓެކްސީގެ ޚިދުމަތް ދިނުމަކީ ކުށެކެވެ. މިފަދަ ކުށެއްކުރާ ފަރާތްތަކާއި ޓެކްސީ ސެންޓަރާއި ޑްރައިވަރުންގެ އަދަބަކީ ފުރަތަމަ ފަހަރަށްނަމަ -/500 ރުފިޔާއިން ދެވަނަ ފަހަރުނަމަ -/1000 ރުފިޔާއިން ޖޫރިމަނާކުރެވޭނެ ކަމަށް ގަވާއިދުގައިވެއެވެ. އަދި އިތުރަށް އެފަދަ ކުށެއް ތަކުރާރުކޮށްފިނަމަ އެފަރާތެއްގެ ލައިސަންސް ބާޠިލުކުރުމުގެ އިޚުތިޔާރު މިނިސްޓްރީއަށް ލިބިގެންވާ ކަމަށް ގަވައިދުގައި ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު