ކޮވިޑް19 ރާއްޖޭގައި ފެތުރެމުންދިޔަ ދުވަސްވަރު އެންމެ ގޯސް ހާލަތަކަށް ތައްޔާރުވުމަށް ވެންޓިލޭޓަރުތަކެއް ހޯދަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއަށް ދޫކުރި ފައިސާ، ދިވެހި ސަރުކާރަށް އަނބުރާ ދޭން ދެކޮޅު ހެދުމުން އާބިޓްރޭޝަނަށް މައްސަލަ ހުށަހަޅައިދޭން ހެލްތު މިނިސްޓްރީން އެޓާނީ ޖެނެރަލްގެ އޮފީހުގައި އެދިއްޖެއެވެ.
އެގްޒެކިއުޓާސްއާއެކު އެއްބަސްވުމެއް ހަދައި ސަރުކާރުން އޯޑަރު ކުރި 75 ވެންޓިލޭޓަރުގެ ތެރެއިން އަދި ލިބުނީ އެންމެ 15 ވެންޓިލޭޓަރެވެ. ބާކީ 60 ވެންޓިލޭޓަރު އަދިވެސް ނުލިބި ވާއިރު އެއްބަސްވުން ހެދި އިރު އެއްވެސް ގެރެންޓީއަކާ ނުލާ އެ ކުންފުންޏަށް ވަނީ އެޑްވާންސަށް 30.91 މިލިއަން ރުފިޔާ ދީފައެވެ.
މި މައްސަލާގައި ހެދި އޮޑިޓް ރިޕޯޓުތަކުގައި ބުނެފައިވަނީ، އެއްފަހަރާ އެހާ ބޮޑު އަދަދެއް ދޫކުރިއިރު، އެ ކުންފުންޏަކީ ވެންޓިލޭޓަރު ފޯރުކޮށްދިނުމުގެ ގާބިލްކަން ހުރި ކުންފުންޏެއްކަން ވެސް ބަލާފައި ނުވާކަމަށެވެ. އަދި ކުންފުންޏާ ބެހޭ އެއްވެސް ތަފްސީލެއް ހޯދާފައި ނުވާކަން އޮޑިޓް ރިޕޯޓާއި އޭސީސީގެ ތަހުގީގު ރިޕޯޓުގައި ބުނެފައިވެއެވެ.
އެޑްވާންސް ޕޭމަންޓު ދައްކާތާ 29 މަސައްކަތު ދުވަހުގެ ތެރޭގައި ވެންޓިލޭޓަރު ފޯރުކޮށްދޭންވާނެކަމަށް ލިޔެ އެއްބަސްވުމުގައި ސޮއި ކުރިނަމަވެސް އެއްބަސްވި ގޮތަށް އެ ކުންފުނިން ވެންޓިލޭޓަރުތައް ފޯރުކޮށްދީފައެއް ނުވެއެވެ. އިތުބާރު ގެއްލުމާއިއެކު އެ ކުންފުންޏާއެކު ހެދި އެއްބަސްވުންވަނީ ކޮވިޑުގެ ތެރޭގައި 2021 ވަނަ އަހަރު ބާތިލު ކޮށްފައެވެ. އެ އެއްބަސްވުމުގައިވާ ގޮތުން، އެއްބަސްވުމާމެދު އުފެދޭ މައްސަލަތައް ހައްލު ނުކުރެވިއްޖެނަމަ އެކަމެއް ހައްލު ކުރާނީ އާބިޓްރޭޝަނަށް ހުށަހަޅައިގެންނެވެ. އެހެންކަމުން، މި މައްސަލަ އާބިޓްރޭޝަނަށް ހުށަހަޅަން އޭޖީ އަރިހުން އެދިފައިވާކަމަށް ހެލްތް މިނިސްޓްރީން ބައެއް މީޑިއާތަކަށް ޔަގީން ކޮށްދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު