މި އަހަރުގެ ހައްޖު ދުވަހަކީ ޖުލައި މަހުގެ 8 ވަނަ ދުވަސް ކަމަށް ސައުދީ ސަރުކާރުން އިއުލާންކޮށްފި އެވެ.

ސައުދީ ސަރުކާރުން ބުނީ ހައްޖު މަހުގެ ހަނދު ފެނިފައިވާތީ ބުރާސްފަތި ދުވަހަކީ ހައްޖު މަހުގެ ފުރަތަމަ ދުވަހުގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށެވެ.

ސައޫދީ ސަރުކާރުން މިގޮތަށް ކަނޑައެޅުމާއި ގުޅިގެން ހައްޖު ދުވަސް ދިމާވަނީ ޖުލައި މަހުގެ 8 ވަނަ ދުވަހަށެވެ. އެހެންކަމުން އަޟުހާ އީދު ދުވަހަށް ވާނީ އަންނަ ޖުލައި މަހުގެ ނުވަ ވަނަ ދުވަހެވެ.

ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހަކީ މާތްވެގެންވާ ދުވަސްތަކެކެވެ. އެ މަހުގެ ފުރަތަމަ ނުވަ ދުވަހު ރޯދަ ހިފުމަކީ ގަދަވެގެންވާ ސުންނަތެކެެވެ. މިއަހަރު ހައްޖުވުމުގެ ފުރުސަތު އެއް މިލިއަން މީހުންނަަށް ލިބެއެެވެ. ހައްޖުގެ އަޅުކަމަކީ އިސްލާމްދީނުގެ 5 ވަނަ ރުކުނެވެ.



ކިޔުންތެރިންގެ ހިޔާލު