ޓެކްސީ ދަތުރުގެ އަގު ބޮޑުކުރަން ގޮވަމުންދާ ޑްރައިވަރުންނާއެކު ސަރުކާރުން މަޝްވަރާކުރަން ފަށައިފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ޓެކްސީ ދަތުރުތަކުގެ އަގަށް ބަދަލު ގެނައުމާއި ގުޅޭގޮތުން ޓެކްސީ ޑްރައިވަރުންނާއެކު މަޝްވަރާތައް މިހާރު ކުރަމުންދާކަން ޔަގީންކޮށްދީފައެވެ. ނަމަވެސް އެކަމުގެ އިތުރު އެއްވެސް ތަފްސީލެއް ހާމައެއް ނުކުރެއެވެ. ނަމަވެސް މި މަޝްވަރާތަކުގެ ތެރެއިން ޓެކްސީތަކުގެ އަގުތަކަށް ބަދަލު ގެނައުމަކީ އެކަށީގެންވާކަމެއްކަމަށް މައުލޫމާތު އެނގޭ ފަރާތްތަކުން ބުނެއެވެ.
ބާޒާރުގައި ތެލުގެ އަގުތަކަށް އައި ބަދަލާއި ގުޅިގެން ޓެކްސީ ދަތުރުތަކުގެ އަގުތަކަށް ބަދަލު ގެނައުމަށް ޑްރައިވަރުން ދަނީ ވަރަށް ބޮޑަށް ޑިމާންޑްކުރަމުންނެވެ. އެގޮތުން ބައެއް އެހެން ހިދުމަތްތަކާއި ތަކެތީގެ އަގުތައް އުފުލެމުންދާއިރު ޓެކްސީތަކުންވެސް ދަނީ އަގު ބޮޑުކުރުމަށް ވަރަށް ބޮޑަށް ގޮވާލަމުންނެވެ. ނަމަވެސް މިހާތަނަށް ސަރުކާރުން އެ ހުއްދަ ދީފައެއް ނުވެއެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަނީ ދުވަހެއް ދުވަހަކަށް އުފުލެމުންނެވެ. އެގޮތުން ރާއްޖޭގައި ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ދާދިފަހުން ވެސް ވަނީ ދެފަހަރެއްގެ މަތީން ބޮޑުކޮށްފައެވެ. ރާއްޖޭގައި މިހާރު ޕެޓްރޯލް ލީޓަރެއް ވިއްކަނީ 16.55 ރުފިޔާއަށް އަދި ޑީސަލް ލީޓަރެއް ވިއްކަނީ 16.77 ރުފިޔާއަށެވެ.
ތެލުގެ އަގުބޮޑުވުމާއެކު ހިދުމަތްތަކުގެ އަގުތައް ބޮޑުކުރަމުންދާއިރު ތެލުގެ އަގު ދަށަށް ދިޔަނަމަވެސް ކުރިން ބޮޑުކުރާ އަގުތައް ދުވަހަކުވެސް ރާއްޖޭގައި ތިރިއެއް ނުވެއެވެ. އަދި ޓެކްސީ ޑްރައިވަރުންނަކީ ދުވަހަކުވެސް ފައިދާއެއްވާކަމަކަށް އެއްބަސްވާ ބައެއް ނޫނެވެ. ގިނަ ޑްރައިވަރުންގެ ވާހަކަތައް ހުންނަގޮތުން އެއީ ދެކޮޅުޖެހޭ މަސައްކަތެއް ނޫނެވެ. އެކަމަކު މާލޭގައި ޓެކްސީކުރާ ގިނަ މީހުން އެކަން ކުރާ ގޮތަކީ އެދުވަހަކު އެމީހުން ބޭނުންވާ ވަރަށް އާމްދަނީ ލިބުމުން ޚިދުމަތް ހުއްޓާލާ ކާރު ޕާކްކުރުމެވެ. މާލެ ސަރަހައްދުގައި ރަނގަޅު ޕަބްލިކް ޓްރާންސްޕޯރޓް ޚިދުމަތުގެ ނިޒާމެއް ނެތުމުން ޓެކްސީ ޑްރައިވަރުން ޚިދުމަތްދެނީ އެމީހުންނަށް ފެންނަ ގޮތަކަށް އެމީހުން ބޭނުން ވަގުތަކުއެވެ.
ނަމަވެސް ބައެއް ޑްރައިވަރުން ބުނާގޮތުން ޓެކްސީތަކުގެ އަގުތަކަށް ބަދަލު ނުގެނަޔަސް، މިހާރު ޕެޓްރޯލް ލިބެން ހުރި ރޭޓްގައި ދަތުރުތައް ކުރުމަށް ދައްޗެއް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު