ހިޔާ ފްލެޓްތަކުގެ ކުޑަދޮރުން ފެން ވަންނަ މައްސަލަ ހައްލުކުރުމުގެ މަސައްކަތް އެޗްޑީސީން ފަށައިފިއެވެ.

އެޗްޑީސީން ބުނީ ހިޔާ ފްލެޓުތަކަށް ދިމާވެފައިވާ ކުޑަދޮރުން ފުލެޓު ތެރެއަށް ފެން ވަންނަ މައްސަލައާއި ގުޅިގެން މިކަމަށް ހައްލެއް ގެނައުމަށްޓަކައި ބޭނުންވާ ތަކެތި ލިބިފައިވާކަމަށެވެ. އަދި ތަކެތި ލިބުމާއި ގުޅިގެން ކުޑަދޮރުން ފެން ވަންނަ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ މި މައްސަލައަކީ ބައެއް ފްލެޓުތަކަށް ދިމާވެފައިވާ މައްސަލައެއް ކަމުން، ޝަކުވާ ހުށަހަޅާފައިވާ ތަރުތީބުން މައްސަލަ ހައްލުކޮށްދިނުމަށް އެފަރާތްތަކަށް ކޯޕަރޭޝަންގެ ރަސްމީ ނަންބަރުން (3353535 އިން) ގުޅަމުންދާނެކަމަށެވެ.



އެހެންކަމުން އެ ކޯޕަރޭޝަންގެ ފަރާތުން ގުޅައި މަރާމާތު ކުރުމަށް ތާވަލު ކުރެވުމުން، ފްލެޓަށް ވަދެވޭނެ އިންތިޒާމް ހަމަޖައްސައިދެއްވުން އެޗްޑީސީން އެދިފައި ވެއެވެ.

އެޗްޑީސީން ބުނީ މިމައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަސް ފިޔަވައި އެހެނިހެން ދުވަސްތަކުގެ ހެނދުނުކަމަށެވެ.

އެޗްޑީސީން ދަނީ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު