އެމެރިކާއިން ރާއްޖެއަށް 200000 ކޯވިޑް ޓެސްޓް ކިޓް ހަދިޔާކޮށްފިއެވެ.

އެމެރިކާއިން ރާއްޖެއަށް ކޯވިޑް ޓެސްޓް ކިޓްތަކެއް ހަދިޔާކޮށްފައިވާއިރު، ކޯވިޑް ފެތުރެން ފެށީއްސުރެ އެ ޤައުމުން ދަނީ ރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިވަމުންނެވެ.



އެމެރިކާއިން މިފަހަރު ހަދިޔާކޮށްފައިވަނީ 200000 ރެޕިޑް އެންޓިޖެންޑް ޓެސްޓް ކިޓެވެ. މިއީ ކޯވިޑަށް ހަދާ ޓެސްޓްގެ ނަތިޖާ ވަގުތުން ލިބޭ ކިޓެކެވެ. މިއީ ރާއްޖެއިން ކޯވިޑާއި ދެކޮޅަށް ކުރާ މަސައްކަތުގައި އެހީތެރިވުމުގެ ގޮތުން ހަދިޔާކުރި ތަކެތިކަމަށް ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ.



އެމެރިކާއިން މިހާތަނަށް ރާއްޖެއަސް ވަނީ 500 ލައްކަ ފައިޒަރ ވެކްސިން ޑޯސްވެސް ހަދިޔާކޮށްފައެވެ. މީގެ އިތުރުން 7 މިލިއަން ޑޮލަރާއި 60 ވެންޓިލޭޓަރުގެ އިތުރުން، އެހެނިހެން ބައެއް އެހީތެރިކަންވެސް އެމެރިކާއިން ވަނީ ރާއްޖެއަށް ފޯރުކޮށްދީފައެވެ.



ކިޔުންތެރިންގެ ހިޔާލު