އިދިކޮޅުން މަސައްކަތްކުރަނީ ރައްޔިތުން ބަނޑަށް ޖައްސާލައި، ލަންކާ ދިޔަމަގުން ރާއްޖެ ގެންދިއުމަށްކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ތުހުމަތުކުރައްވައިފިއެވެ.
އައްޑޫ ޝަރީފް މިހެން ވިދާޅުވީ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ މެމްބަރު އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ހުށަހަޅުއްވާފައިވާ ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގެ ބައެއް މާއްދާތައް ސަސްޕެންޑްކޮށްފައި އޮތް އޮތުން ނިމުމަކަށް
ގެނައުމަށް ގޮވާލާ ހުށަހަޅާފައިވާ ޤަރާރަށް ބަހުސްކުރައްވަމުން ދެއްކެވި ވާހަކައިގައެވެ.
މަޖިލީހުގެ ރުހުމާއެކު ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގެ ބައެއް މާއްދާތައް ސަސްޕެންޑްކޮށްފައި އޮތީ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ފަަސޭހަކަމާއެކު އެއްވެސް ބުރުލެއް ނާރުވާ ފޯރުކޮށްދިނުމަށެވެ. އަދި އިމަޖެންސީ ހާލަތްތަކުގައިވެސް ކަންކަން ފަސޭހައިން ކުރިއަށްގެންދިއުމަށް މިކަމުގެ ސަބަބުން މަގުފަހިވެގެންދާނެތީއެވެ.
ސައީދުގެ ޤަރާރަށް ބަހުސްކުރައްވަމުން ޝަރީފް ވިދާޅުވީ ކޯވިޑާއި ގުޅިގެން އިގްތިސާދު އެންމެ ދަށަށް ދިޔަ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭއިރު، ގައުމުގެ އިގްތިސާދު އާރާސްތުވާ ހިސާބަށް ދިޔައީ ސަރުކާރުން އެޅުއްވި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުންކަމަށެވެ. އެގޮތުން މަދު އާމްދަނީއެއް ލިބުނުއިރުވެސް، ސަރުކާރު ވިސްނުންތެރިކަމާއެކު އެއްވެސް ކަމަކަށް ދަތިނުވެ، ރައްޔިތުން ބަނޑަށް ނުޖެހި ކަންކަން ހާސިލުކުރެވެމުންދާކަން ޝަރީފް ފާހަގަކުރެއްވިއެވެ.
"ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން އެފްރިކާގެ ބައެއް ގައުމުތައް ބަނޑަށް ޖެހިފައި އޮތީ. އެކަމަކު، އަދިވެސް އަޅުގަނޑުމެންގެ ރައްޔިތުންނަށް ﷲ ގެ އިރާދަފުޅާއި މިންވަރުފުޅުން ކާޑާއި ހަކުރާއި ފުށާއި ތެލާ އެބަ ލިބޭ." ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ރައްޔިތުންނަށް ދަތި އުނދަގޫތައް ކުރިމަތިވިޔަނުދިނުމަށް ސަރުކާރުން ކުރާ ހަރަދުތައް އެތައް ގުނައަކުން ބޮޑުވެފައިވާކަމަށެވެ. އެގޮތުން އެކިއެކި ސަބްސިޑީޒްތައް ދައުލަތުން ފޯރުކޮށްދެއްވާކަމަށާއި، ނަމަވެސް މި ހާލަތުގައިވެސް ބަޔަކު އުޅެނީ އިގްތިސާދުގައި ތަޅު އަޅުވައި، މާލީ ކަންކަމުގައި މެނޭޖް ކުރުމަށް އޮތް ފުރުސަތު ބަންދު ކުރަންކަަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފްގެ ވާހަކައިގައި ވަނީ ސްރީލަންކާ އޮތް ހާލަތަށް ރާއްޖެ ނުގޮސްގެން ބަޔަކު ކެތް މަދުވެފައިކަމަށް ތުހުމަތުކުރައްވާފައެވެ. ނަމަވެސް ރައްޔިތުން ބަނޑަށް ޖައްސައި ސަރުކާރު ވައްޓާލެވިދާނެ ކަމަށް ގަބޫލުކުރުމަކީ ކުށް ހީއެއްކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި އެ ފުރުސަތު ނުދެއްވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު