ދިވެހި ރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅާ ސަފީރުކަމުގެ މަގާމަށް ޑީއާރްޕީގެ ކުރީގެ ލީޑަރ އަހުމަދު ތަސްމީން ޢަލީ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަފީރުކަމަށް ތަސްމީން އައްޔަންކުރުމަށް ރުހުންދޭން ފެންނަކަމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެންބަރުންގެ ވޯޓުންނެވެ. ސިންގަޕޫރުގެ ސަފީރުކަމުގެ މަގާމަށް ތަސްމީން އައްޔަން ކުރައްވާފައިވާއިރު އެ މަގާމު މިހާރު ފުރުއްވަމުން ގެންދަވަނީ އިބްރާހިމް ޝަހީބެވެ.
ތަސްމީނަށް ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރެއްވި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ވަނީ ތަސްމީނާ އިންޓަވިއުކޮށްފައެވެ. ކޮމިޓީގެ ރިޕޯޓުގައި ބުނެފައިވަނީ ތަސްމީނަކީ ކަމާގުޅޭ ދާއިރާތަކުގައި މަސައްކަތް ކުރައްވާފައިވާ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެއްކަމަށާއި، އޭނާއަކީ މަގާމަށް އައްޔަނު ކުރަން އެކަށީގެންވާ ބޭފުޅަކަށް ވާތީ އޭނާއަށް ރުހުން ދިނުމަށް ފެންނަކަމަށެވެ.
ސިންގަޕޫރުގެ ސަފީރުކަމަށް ތަސްމީން ހަމަޖެއްސެވުމާއި ގުޅިގެން ކުރިން އެ މަގާމުގައި ހުންނެވި އިބްރާހީމް ޝިހާބު ވަނީ އިންޑިއާއަށް ރާއްޖެއިން ކަނޑައަޅާ ސަފީރުކަމުގެ މަގާމަށް އައްޔަން ކުރުމަށް ނިންމާފައެވެ. ނަމަވެސް، ރުހުން ހޯއްދެވުމަށް ރައީސް ފޮނުއްވި އެ މައްސަލައަށް ކޮމިޓީން އަދި ގޮތެއް ނިންމާފައެއް ނުވެއެވެ.
މީގެކުރިން ސަފީރު ކަމުގައި ހުންނެވީ ތަސްމީންގެ އަނބިކަނބަލުންނެވެ. މިސަރުކާރު ވެރިކަމާ ހަވާލުވި ފަހުން އޭނާ ހުންނެވީ މެލޭޝިޔާއަށް ރާއްޖެއިން ކަނޑައަޅާ ސަފީރުގެ މަގާމުގައެވެ. ތަސްމީނަށް ސަފީރުކަން ދެއްވީ އަނބިކަނބަލުން މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރުކަންވެސް ކުރައްވާފައިވާ، ތަސްމީން އަލީއަކީ ޑީއާރުޕީގެ ހިންގެވުމާއި ހަވާލިވެވަޑައިގެން ހުންނަވައި، އެމްޑީޕީގެ ފުރަތަމަ ވެރިކަން މަގުމަތީން ވައްޓާލުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގެން ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު